ދިވެހި ޓީމުގެ މެންބަރުން އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައިވަނީ މިއަދުއެވެ. ޓީމުގެ ކޯޗު ޝާކިއްޓެ މިއަދު ސޯޝަލް މީޑިއާގައިވަނީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވީތީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނަށް ޝުކުރު އަދާކޮށްފައެވެ.
މިއަދު އުމްރާގެ އަޅުކަން ފުރިހަމަ ކުރި ދިވެހި ޓީމުން ކުޅެން ޖެހޭ މެޗުތައް އޮންނާނީ މި މަހުގެ ދިހަވަނަ ދުވަހުން ފެށިގެންނެވެ.