ads
ނާޒިމް އަދި ޔާމީން
ނާޒިމާ މެދު އަޅުގަނޑު ކަންތައް ކުރީ އިހުތިރާމާއެކު: ޔާމީން
ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު، ކާނަލް ނާޒިމާ މެދު ހިތްތެވީ ވަރަށް އިހްތިރާމާއެކު ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޔާމީން މިހެން ވިދާޅުވީ ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިޔުއެއްގައެވެ.

ޔާމީން ވިދާޅުވީ ކެބިނެޓުގައި ހުންނެވިއިރު ނާޒިމާ މެދު އިހްތިރާމާއެކު ކަންތައް ކުރެއްވިނަމަވެސް ކަންކަން ހިނގައިދިޔަ ގޮތުން މަގާމުން ވަކިކުރުން ނޫން އެހެން އެއްވެސް ފުރުސަތެއް އެ މަނިކުފާނަށް ލިބިވަޑައިނުގެންނެވި ކަމަށެވެ. ޔާމީންވަނީ މި އިންޓަވިޔުގައި، ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު ނާޒިމްގެ ގެއިން ފެނުނު ފިސްޓޯލާ ގުޅޭ ގޮތުން މީގެ ކުރިން އާއްމުކޮށް ވިދާޅުނުވާ ވާހަކަފުޅުތަކެއް ވިދާޅުވެދެއްވާފައެވެ.

ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އެ މަނިކުފާނުގެ ގެއިން ފިސްޓޯލެއް ފެނުނު މައްސަލައިގައި ވަޒީރު ކަމުން ވަކިކޮށް އަދި އެ މައްސަލައިގައި ފަހުން ނާޒިމް ޖަލަށް ލިއެވެ. ނާޒިމް މިނިވަންވީ ވެރިކަން ބަދަލުވީ ފަހުންނެވެ. އަދި އެ ފަހުން ނާޒިމްއާ ޔާމީން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރައްވަމުން ގެންދެއެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް