ads
ރައީސް ޔާމީންގެ ދެކަނބަލުން އަދި ދަރިކަނލުން ޒޭން
ފައިސާ ދޭ ފަރާތްތައް ހާމަކުރާކަށް ނުޖެހޭ: ޔާމީން
ސިޔާސީ ހަރަކާތްތަކަށް ފައިސާ ދޭ ފަރާތްތައް ހާމަ ކުރައްވާކަށް ޖެހިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަނެއްކާވެސް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ސަންގު ޓީވީގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ހަރަތާކްތަކަށް ހޯދާ ފައިސާ ދޭ ފަރާތްތައް ހާމަ ނުކުރައްވަނީ އެކަމުގައި ފައިސާ ދިން ފަރާތްތަކުގެ ހައްގެއްވެސް ވާތީ ކަމަށެވެ. ޔާމީން މިހެން ވިދާޅުވިނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ކަންކަމަށް ލިބޭ ފައިސާގެ އެންމެހައި ތަފްސީލް ހާމަކުރަން ޖެހެއެވެ.

މި ފައިސާއަކީ އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކަށް ހޯދިފައި ހުރި ފައިސާ. ހޯދާފައި ހުރި ފައިސާ މިއީ އިނގޭތޯ. އެހެންވީމާ މީގައި ވަގުތާ، 1 ފަރާތަކުންތޯ 2 ފަރާތަކުންތޯ އެ ތަފްސީލްތަކަށް އަޅުގަނޑު ދާން ބޭނުންނުވަނީ އެއީ އަޅުގަނޑުގެ އެކަނި ހައްގެއްވެސް ނޫން. ފައިސާ ދިން ފަރާތްތަކުވެސް ހައްގެއް އެއީ. އެހެންވީމާ އެ ސްޕެކިއުލޭޝަނަށް ދާން ބޭނުންނުވަނީ އެއީ ޑިސްކްލޯސް ކުރަން ޖެހޭ މައުލޫމާތެއް ނޫން.

ސިޔާސީ ޕާޓީގެ ގާނޫނުގެ 42 ވަނަ މާއްދާގައި ބުނެފައިވަނީ ޕާޓީއަށް ލިބޭ އާމްދަނިއާއި ޕާޓީން ކުރާ ހަރަދަކީ ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް އެނގެންވާނެ މައުލޫމާތެއް ކަމަށެވެ. އަދި އަދި އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ފައިސާ ނުވަތަ އެހެންވެސް މާއްދީ އެހީއެއް ސިޔާސީ ޕާޓީއަށް ދޭ ފަރާތުގެ ނަމާއި އެޑްރެހާއި ދިން އެހީގެ ތަފްސީލް ލިޔެ ބަލަހައްޓަން ވާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް