ގޮނޑުދޮށަށް ލަކުނޑި ބުދެއް ލައްގާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެ ބުދު މިހާރު ފުލުހުން ވަނީ ނަގާފަ އެވެ.
އިހަވަންދޫއަށް ލެއްގި ބުދު ފުލުހުން އެތަނުން ނަގަނީ
އިހަވަންދޫއަށް ލެއްގި ބުދު ފުލުހުން އެތަނުން ނަގައިގެން ގެންދަނީ
އިހަވަންދޫއަށް ބުދެއް ލެއްގިއިރު، މިފަހުން ހިންދޫއިން ފާހަގަކުރި އެދީނުގެ އަޅުކަމެއްގެ ތެރެއިން ފ. ބިލެއްދޫގައި ތިބި ބިދޭސީން ތަކެއް ވެސް ވަނީ ބުދެއް ހިފައިގެން ގޮސް އެރަށު ކަނޑަށް ފައްތާފައެވެ. ބެލެވެނީ މިއީ އޭގެތެރެއިން ބުދެއްް ކަމަށެވެ.
ބިލެއްދޫގައި ބުދު ގެންގުޅެ އެ އަޅުކަން ކުރި މައްސަލާގައި ފުލުހުން ވަނީ ތިން ބިދޭސީން ހައްޔަރުކޮށްފަ އެވެ.