ads
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
މަރުތަކާއި ބޮޑެތި ކުށްތައް ގިނަވާތީ އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ގޮތްނޭނގޭ މަރުތަކާއި، ބޮޑެތި ކުށްތައް ގިނަވަމުންދާއިރު ގާނޫނު ތަންފީޒު ނުކުރެވޭތީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން ބޮޑުވެ ކަންބޮޑުވުން އިތުރުވަމުންދާތީ، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ ބަހުސްކުރުމެއްވެސްނެތި މިއަދުވެސް ބޭރުކޮށްލައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ، ރާއްޖޭގައި ގޮތްނޭނގޭ މަރުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރީއާއި އެކަމާއި ގުޅިގެން ހިންގާ މާރާމާރީތަކާއި، ޖިންސީ ގޯނާގެ އަމަލުތައް އިތުރުވެ އެކަމުގެ ސަބަބުންވެސް އުފެދޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އަދި މިކަންކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އުފެދި ކުށްކުރާމީހުން މުޖުތަމައުތެރޭ މިނިވަންކަމާއިއެކު އުޅެމުންދާއިރު އެފަރާތްތަކާއިމެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ބައެއް ސިޓީތަކާއި ރަށްތައް ހަލާކުގެ ތެރެއަށް ވެއްޓެމުންދާ ކަމަށްވެސް އެ މައްސަލާގައި ވެއެވެ.

ނަމަވެސް އެފަދަ ކުށްކުރާ ފާރާތްތަކާއިމެދު ގާނޫނު ނުހިނގުމާއި، ވަގުތުން އަޅަންޖެހޭ ފިޔަވަޅު ނޭޅުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ގޮތްހޮސްވެ، ކެތްތެރިކަން ކޮޅުންލައި އަމިއްލައަށް ގާނޫނު ތަންފީޒުކުރާ ހިސާބަށް ގޮސްފައިވާކަންވެސް އެމައްސަލާގައި ފާހަގަކޮށްފަވެެެއެވެ.

އެމައްސަލައަށް ބަހުސްކުރަން ނެނގި ވޯޓުގައި 32 މެމްބަރުންނެވެ. އޭގެތެރެއިން މިމައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވޯޓުދިނީ އެންމެ ހަތް މެމްބަރުން ނެވެ. 25 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ.

އެހެންކަމުން މައްސަލަ ވަނީ ބަހުސްކުރުމުގެ މަރުހަލާއަށްވެސް ނުގޮސް ބޭރުވެފައެވެ. މިފަހަކުން މަޖިލީހަށް އިދިކޮޅުން ހުށަހަޅާ ގިނަ މައްސަލަތައް ބަހުސްކުރުމުގެ މަރުހަލާއަށްވެސް ނުގެންގޮސް އެމްޑީޕީގެ ސުޕަމެޖޯރަޓީ އޮންނަ މަޖިލީހުން ދަނީ ބޭރުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް