ads
ޝަހީދު އަލީ ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
އެއް ޖިއްސުން ގުޅުންހިންގި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފި
އެއް ޖިއްސުން ގުޅުން ހިންގި ފިރިހެނަކު 5 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްގެ އަމުރަށް މިއަދު ބަންދުކޮށްފައިވަނީ ލ. ކަލައިދޫ ވަޒަން އާދަމް ހަލީމް ކިޔާ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. މީނާގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ފުލުހުން ކުރާއިރު، އޭނާ 5 ދުވަހަށް ބަންދުކޮށްފައިވަނީ އޭނާ މައްސަލައާ އެކު ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނުމުން ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވެއެވެ. މިއަދު މެންދުރު ހައްޔަރު ކުރި މި މީހާގެ ބަންދު މުއްދަތު 5 ދުވަސް ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ.

މި ފަހުން ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން އާއްމުވެފައިވާއިރު ހައި ޕްރޮފައިލް ބައެއް މީހުންނާ ދެކޮޅަށް އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާވެސް އުފުލާފައިވެއެވެ. މި ފަހުން އާއްމުވި އެއް ޖިންސުން ގުޅުން ހިންގުމުގެ ކޭސްތަކުގައި ހިމެނޭ ބަންގްލަދޭޝްގެ އަލަމްގިރީ ކިޔާ މީހެއްގެ މައްޗަށް 7 މަސް ދުވަހުގެ ޖަލު ހުކުމެއްވެސް މިދިޔަ ހަފްތާގައި އިއްވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް