ads
ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު
ޒުވާން ފިރިހެން ޓީމަށް ލަދުވެތި ނަތީޖާއެއް
ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު، ސައުދީ އަރަބިއްޔާ އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. ރޭ ރާއްޖެ ބަލިވީ 11-0 ންނެވެ.
Advertisement

ސައުދީ އަރަބިއްޔާގެ ދަންމާމުގައި ކުޅުނު މި މެޗުގައި ރާއްޖެ ކޮޅަށް ސައުދީން 11 ލަނޑު ޖެހިއިރު، ފުރަތަމަ މެޗުގައި ރާއްޖެ ކޮޅަށް އުޒްބަކިސްތާނުންވަނީ 7 ލަނޑު ޖަހާފައެވެ. 2 މެޗުން ރާއްޖެކޮޅަށް 18 ލަނޑު ވަދެފައިވާއިރު ރާއްޖެއަށް އަދި މުބާރާތުގައި ލަނޑެއް ނުޖެހެއެވެ.  

ޕްރިންސް ސައުދު ބިން ޖަލާވީ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރޭގެ ފުރަތަމަ ހާފުގައި ސައުދީން ރާއްޖެ ކޮޅަށް 6 ލަނޑު ޖެހިއެވެ.

ރާއްޖޭން ގްރޫޕްގައި ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެރޭ ކުޅޭނީ ޗައިނާއާ ދެކޮޅަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް