ads
އެސްޓީއޯއާ ހެލްތާ ދެމެދު އެެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއަށް
11 ރަށެއްގައި ފާމަސީ ތަރައްގީކުރުމަށް ސްޓޭޓް ޓްރޭޓިންގ އޯގަނައިޒޭޝަން، އެސްޓީއޯއާއި ހަވާލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތު މިނިސްޓްރީއާއި އެސްޓީއޯއާއެކު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން 11 ރަށެއްގެ ހެލްތު ސެންޓަރު އިމާރާތުގެ އެތެރޭގައި ހުރި ފާމަސީތައް ނަގައި، އާ ފާމަސީތައް ހެލްތު ސެންޓަރުގެ ގޯތިތެރޭގައި ގާއިމުކުރާނެއެވެ. މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުލް ހަންނާނު ހުސެއިނެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ރިސަރޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް މުހައްމަދު އިހްސާން ވަހީދެވެ.

އެސްޓީއޯއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ފާމަސީ ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ އުތުރުން ހއ. ތުރާކުނު، ހއ. ތަކަންދޫ، ނ. ލަންދޫ، ބ. ދޮންފަނު، އަދި މެދު ރާއްޖެތެރެއިން އދ. ދިގުރަށް، މ. މަޑުއްވަރި، މ. ކޮޅުފުށި، މ. ރަތްމަންދޫ،  އަދި ދެކުނުން ތ. އޮމަދޫ، ގއ. ކަނޑުހުޅުދޫ އަދި ގއ. ކޮލަމާފުށްޓެވެ.

މި މަސައްކަތް ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި ނިންމަން އެސްޓީއޯއިންވަނީ ޓާގެޓްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް