ސާފް ޗެމްޕިއަންޝިޕް އަންހެން މުބާރާތް ރާއްޖޭން މިއަދު ނިންމާލީ ކުޅުނު 3 މެޗުގައި ބައިކޮޅަށް ޖުމްލަ 21 ލަނޑު ވަދެގެންނެވެ. ރާއްޖެއަށް 3 މެޗު ކުޅުނު އިރު އެންމެ ލަނޑެއްވެސް ނުޖެހެއެވެ. ފުރަތަމަ މެޗުގައި ރާއްޖެ ކޮޅަށް ބަންގްލަދޭޝްއިން 5 ލަނޑު ޖެހި އިރު ދެވަނަ މެޗުގައި އިންޑިޔާއިން ރާއްޖެ ކޮޅަށް 9 ލަނޑު ޖެހިއެވެ. އަދި މިއަދު ކުޅުނު ފަހު މެޗު ނިމުނީ ޕާކިސްތާނު އަތުން 7-0 ން ދިވެހި ޓީމު ބަލިވެގެންނެވެ.
ދިވެހި ޓީމުގެ ނަތީޖާ މިހާ ދަށްވެފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ކުޅުނު ސާފް ޗެމްޕިއަންޝިޕް ޒުވާން އަންހެން ކުދިންގެ މުބާރާތުގައި ރާއްޖޭން ވާދަނުކުރެއެވެ.