ads
ނެހާ ކައްކަރާއި ހިމަންޝް
ޝޯތަކުގައި ނެހާ ރުޔަސް ރުޅިވީ އޭނާ ބޭނުންވެގެން: ހިމަންޝް
ބޮލީވުޑުގެ ކާމިޔާބު ލަވަކިޔުންތެރިޔާ ނެހާ ކައްކަރާއި އެކްޓަރު ހިމާންޝް ކޯލީގެ ލޯބީގެ ގުޅުމަކީ 2018 ވަނަ އަހަރުގެ ތެރޭގައި ފާހަގަކޮށްލެވުނު ގުޅުމެކެވެ. ދެ ތަރިން ވަރަށް ލޯބިން ގުޅިގެން އުޅުމަށް ފަހު ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ ވަކިވި މަންޒަރެވެ.

އޭގެ ފަހުން ނެހާގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު ކަމެކެވެ. ހިމާންޝްއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހިތާމަވެރި ޕޯސްޓްތައް ކުރި އެވެ. އޭގެ ތެރެއިން ބައެއް ޕޯސްޓްތައް ރައްދު ކުރީ ހިމާންޝަށެވެ. 

ނަމަވެސް ވަކިވިތާ އަހަރެއްހާ ދުވަސް ފަހުން ހިމާންޝް މިވަނީ އެކަމާއި ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ. އެގޮތުން ހިމާންޝް ބުނީ އެއީ އޭނާގެ ހަޔާތުގައި ކުރިމަތިވި ވަރަށް ހިތްދަތި ވަގުތެއް ކަމަށެވެ. ނަމަވެސް މިއަދު އެކަން ހަމައަކަށް އެޅިއްޖެ ކަމަށެވެ. 

ހިމާންޝް ބުނީ އޭނާގެ ފަރާތުން ކަން ހިނގާދިޔަ ގޮތް އެނގެން އެއްވެސް މީހަކު ބޭނުން ނުވި ކަމަށާއި އޭނާއަކީ ވަރަށް ނުބައި މީހެއްގެ ގޮތުގައި ސިފަ ކުރި ކަމަށެވެ. އެގޮތުން ނެހާ ގޮސް ޓީވީ ޝޯތަކުގައި ރުއިމުން އެންމެންވެސް އެ ކަމުގައި ނުބައި ހެދީ ހިމާންޝް ކަމަށް ގަބޫލުކޮށް އޭނާއާ ދެކޮޅަށް ވާހަކަ ދައްކަން ފެށި ކަމަށެވެ. 

މީގެއިތުރުން ހިމާންޝް ބުނީ އޭނާ ވެސް ރޯން ބޭނުންވި ކަމަށާއި ނަމަވެސް އެންމެންގެ ކުރިމަތީގައި އެކަން ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ހިމާންޝް އިތުރަށް ބުނީ ވަރަށް ގިނަ ކަންކަން ހިނގި ކަމަށާއި އެ ހުރިހާ ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި އިތުރަށް ބުނީ ރުޅިވީ އެގޮތަށް ނެހާ ބޭނުންވެގެން ކަމަށާއި އަދި އެކަމަށް ދެމީހުން ވާހަކަ ވެސް ދެއްކުމަށްފަހު ކަމަށެވެ.

"ޔާރިޔާން"ގެ ސެޓުން ނެހާ އާއި ހިމާންޝް ފުރަތަމަ ފަހަރަށް ބައްދަލުވިއިރު ނެހާ އާއި ހިމާންޝް ވަނީ މީގެ ކުރިން އެކުގައި ވީޑިއޯ ލަވަ އަކުން ފެނިފަ އެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގްބޫލު ލަވަތައް ކަމަށްވާ ޗީޒް ބަޑީ އާއި މިލޭ ހޮ ތުމް އަދި މާހީވޭ ފަދަ ލަވަތައް ކިޔާފައިވާ ނެހާއަކީ އިންޑިއާގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. 

އޭނާއަކީ ކާމިޔާބު އެތައް ލަވައެއް ބޮލީވުޑުގެ ފިލްމުތަކަށް ވެސް ކިޔައިދީފައިވާ ކުޅަދާނަ ލަވަކިޔުންތެރިއެވެ. ހިމާންޝް ވަނީ "ދިލް ޖޯ ނާ ކޭ ސަކާ" އާއި 'ޔާރިން' ފަދަ ބޮލީވުޑުގެ ފިލްމުތަކުގެ މަސައްކަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް