
މިމަހުގެ 19 ވަނަ ދުވަހު ބާއްވާ ޖަނާޒާއާއި ހަމަޔަށް އެކަމަނާއަށް ޒިޔާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ފެންނާނެހެން ވެސްޓްމިންސްޓާ ހޯލްގައި ރާނީގެ ސަންދޯން ވަނީ ބަހައްޓާފައެވެ.
ވަށައިގެން ގާޑުކޮށްފައިވާ އެ ސަންދޯކުގެ މަތީގައި ދިދައެެއް އަޅާފައި އޮތްއިރު ރާނީގެ ތާޖުކޮޅާއިއެކު މާބޮޑިއެެއް އޮވެއެވެ.
ރާނީގެ ސަންދޯއް
އެ ސަންދޯއް މަތީ އޮތް ދިދަ ނަނގަން މަސައްކަތްކޮށްފައިވަނީ ރާނީއަށް ޒިޔާރާތްކުރުމަށް ހަދާފައިވާ ސަފުގައި ހުރި މީހެކެވެ.
ވަގުތުން ލައިވްކުރަމުންދިޔަ އެ ސަރަހައްދުގެ މަންޒަރުތައް އެ ހާދިސާއާއިއެކު ކުޑަވަގުތުކޮޅަކަށް މެދުކަނޑާވެސް ލިއެވެ.
ރިޕޯޓުތައް ބުނާގޮތުން، އޭނާ ވަނީ ސަންދޯކުގައި ބައްދައިގަނެ، އަދި ކޮންމެވެސް ވަރަކަށް ސަންދޯއް މަތީގައި އޮތް ދިދަވެސް ހިއްލަން މަސައްކަތްކޮށްފައެވެ.
ވަގުތުން ފުލުހުން އޭނާ ބިންމައްޗަށް ވައްޓާލައި، އެތަނުން ވަނީ ހައްޔަރުކޮށްފަ އެވެ.
ސަންދޯކުގައި އަތްލުމާއިއެކު ފުލުހުން އޭނާ ވަނީ ބިންމައްޗަށް ވައްޓާލައި ޓެކްލް ކޮށްފައި
ފުލުުހުން ފަހުން ހާމަކުރިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، އާއްމު މަސްލަހަތައް ގެއްލުންދޭން އުޅުނުކަމުގެ ތުހުމަތުގައެވެ.
ރާނީ އެލިޒަބަތު ދެވަނަގެ ސަންދޯއްް ވެސްޓްމިންސްޓާ ހޯލުގައި ބަހެއްޓީ މިމަހުގެ 14 ވަނަ ދުވަހު އެވެ. 19 ވަނަ ދުވަހު ރާނީގެ ރަސްމީ ޖަނާޒާ ބާއްވާނެއެވެ.
އޭނާ ސަންދޯކުގައި އަތްލަން މަސައްކަތްކުރީ ކީއްވެކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ރާނީގެ ކޮހިނޫރު ޖެހި ތާޖު ކޮޅަށް ގައުމުތަކަކުން ޑިމާންޑުކުރަމުންދާތީ ބައެއް މީހުން ވަނީ އޭނާ އުޅުނީ އެ ތާޖުކޮޅު ނަގަންކަމަށް ބުނެ މަޖާ މެމްސްތައްްވެސް ދައުރުކޮށްފައެވެ.