ads
ކްރިމިނަލް ކޯޓު
އިންޑީޔާ މީހަކު ވަގަށް އެތެރެކުރި ރަން، ދައުލަތަށް ނަގައިފި
އިންޑިޔާ މީހަކު ރާއްޖެއަށް ވަގަށް އެތެރެކުރި ރަން ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިއީ އިންޑިޔާ މީހަކު މިދިޔަ ޖުލައި މަހު ރާއްޖެއަށް ވަގަށް އެތެރެކުރި 2 ބްލެޓުގެ ރަނެވެ. މި ރަން ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއުއެވެ. މި ރަން ދައުލަތަށް ނެގުމުގެ އިތުރުން، އެތެރެކުރި މީހާ 60،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. 

އަކްޝޭ ކުމާރް ސުރޭޝްބާއި ބަޓް ކިޔާ މި މީހާ ރާއްޖެއަށް ރަން އެތެރެކޮށްފައިވަނީ ހަށިގަނޑުގައި ފޮރުވައިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް