ads
ސިއްހީ މަރުކަޒުތައް ބޮޑު ކުރުމުގެ ޕްރޮޖްކެޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
4 ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކުރަނީ
ޖާގަ އިތުރުކުރުމަށް، 4 ރަށެއްގެ ސިއްހީ މަރުކަޒު ބޮޑު ކުރުމުގެ ޕްރޮޖެކްޓް ކޮންޓްރެކްޓަރުންނާ މިއަދު ހަވާލުކޮށްފިއެވެ.

މި ފަހަރު ބޮޑު ކުރަނީ ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު އަދި އއ. މަތިވެރީގެ ސިއްހީ މަރުކަޒުގެ ޖާގައެވެ. މީގެ ތެރެއިން ށ. ނަރުދު އާއި ޅައިމަގުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕް ކިޔާ ކުންފުންޏަކާ އެވެ. ނަރުދޫގެ މަސައްކަތް ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް، 4.2 މިލިއަން ރުފިޔާ އަށެވެ. އަދި ޅައިމަގުގެ މަސައްކަތް ވެސް ހަވާލުކުރީ ހަމަ އެ މުއްދަތުގައި ނިންމަން ޖެހޭ ގޮތަށް، 4.3 މިލިއަން ރުފިޔާ އަށެވެ. މި ޕްރޮޖެކްޓްގައި އެ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާ އިމާރާތް ހެދުމާއި އިމާރާތުގެ ޕޯޓިކޯ ހެދުން ވެސް ހިމެނެ އެވެ.

ށ. ފީވަކު ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ޕާސްޓްލައިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ފަސް މަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެ ޕްރޮޖެކްޓް ހަވާލުކުރީ 3.6 މިލިއަން ރުފިޔާ އަށެވެ. އަދި މަތިވެރީގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް 4.8 މިލިއަން ރުފިޔާ ހަރަދުކުރާއިރު، އެ މަސައްކަތް ނިންމަން ވެސް ދިނީ ފަސް މަސް ދުވަހުގެ މުއްދަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް