ads
ކުއްލި މައްސަލަ ހުށަހެޅުއްވީ މެމްބަރު ޖާބިރު
ގޭންގުތަކުން ފުލުހުންނަށް ހަމަލާދީ އިންޒާރުދޭތީ މަޖިލީހަށް ކުއްލި މައްސަލައެއް
ގޭންގުތަކުން ފުލުހުންނަށް ހަމަލާދީ މަރުގެ އިންޒާރު ދެމުންދާތީ ކާާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އޭނާ ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ، މިމަހުގެ ނުވަވަނަ ދުވަހު ޑިއުޓީން ބޭރުގައި ހުއްޓައި ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓް(ޑީއީޑީ) ގެ ތިން ފުލުހަކަށް ހަމަލާދިނުން ވެގެން ދިޔައީ ރާވައިގެން ހިންގާ ގޭންގުތަކުން ފުލުހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަށް އިތުރުވި ބޮޅަކަށް ކަމަށެވެ.

ހަމަލާދިން މީހާ ހަމަ އެދުވަހު ހައްޔަރުކުރި ނަމަވެސް އެއީ ނުރައްކާތެރި އެހާމެ ސީރިއަސް މައްސަލައެއްގެ ގޮތުގަައި ހައްލުހޯދަން ޖެހޭ ކަމެއްކަމަަށް ގަބޫލުކުރެވޭ ކަމަށް އެ މައްސަލާގައި ވެއެވެ.

ޑީއީޑީ އޮފިސަރުންނަށް ހަމަލާދިން ދުވަހު، އޮފިސަރަކު ފުޓުބޯޅަ ކުޅެގެން ގެއަށް ދަނިކޮށް ކަމަށާއި، ގޭންގު ބަޔަކު އޮފިސަރުގެ ފަހަތުން ހުތުރުބަހުން މުއުމަލާތުކޮށް، ބޭއަދަބީ ބަހުން މުހާތަބުކުރަމުން ފަހަތުން އައިސް، އޭނާއަށް ހަމަލާދިނީ، ޓްރެފިކްގައި މަޑުކޮށްލި ވަގުތު ކަމަށް ކުއްލި މައްސަަލައިގައި ވެެެއެވެ.

“އޭނާއަށް ހަމަލާދޭން ފެށުމުން ދުވެފައި ދުރަށްގޮސް އޭނާއާއިއެކު އުޅުނު އެހެން ދެ ފުލުހަކަށް ގުޅައި، އެމީހުން އެހީވާން އައިއިރު، ގުރޫޕުއޮތީ ވަޅިފަދަ ތަކެތި ހިފައިގެން މުޅި ސަރަހައްދު ވަށައިލާފައެވެ. އެހެންވެ އޮފް ޑިއުޓީގައި ތިބި ފުލުހުންނަށް އިތުރަށް ކަމެއް ނުކުރެވި ލިބުނީ އިތުރު އަނިޔާ އެވެ. މިއީ ދިވެހިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންތިބި ފުލުހުންނަށް ކަންދިމާވާ ގޮތްކަމަށް ވާނަމަ މިއަށްވުރެ އަވަސް ކުއްލި މައްސަލައެއް މިގައުމަަށް މިވަގުތަކު ދިމާވެފައި ނުވާނެ”ކުއްލި މައްސަލަ ހުށަހަޅަމުން ޖާބިރު ވިދާޅުވި އެވެ.

އެއްވެސް އަދަބެއް ނުދެވޭނެކަމުގެ ޔަގީންކަމާއިއެކު ފުލުހުންގެ ގާނޫނީ ބާރާއިމެދު ކުށްކުރާ މީހުންގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތްކަން ފުލުހުންނަށް ހަމަލާދޭން ފެށުމުން ހާމަވާކަން ޖާބިރު ފާހަގަކުރި އެވެ. ޖާބިރުގެ ކުއްލި މައްސަލާގައި އެދިފައިވަނީ އެމައްސަލައަށް އަވަސް ހައްލެއް މަޖިލީހުން ގެނައުމަށެވެ.

ކުއްލި މައްސަލައާއިމެދު ބަހުސްކުރުމަށް ފެންނަ ކަމަށް ފާސްވެ، މިހާރު ދަނީ ބަހުސްތައް ފަށައިގެން ކުރިއަށެވެ. 

ޖާބިރުގެ މި ކުއްލި މައްސަލަ ހުށަހެޅިއިރު، ވައްކަމުގެ ތުހުމަތެއްގައި ގޭންގަކަށް ނިސްބަތްވާ މީހަކު ހައްޔަރުކުރުމުން ގޭންގަކުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރުދިން މައްސަލާގައި ހައްޔަރުކުރި މީހާ އިއްޔެ ވަނީ ދޫކޮށްލާފައެެވެ. 

ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އޭނާ ދޫކޮށްލީ، އޭނާ ހައްޔަރުކޮށްފައިވަނީ، ކުށުގެ ވެށިން ނޫންކަމަށްވާއިރު، ކޯޓުގެ އަމުރެއް ނުހޯދާ ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް