ads
ލަންކާ ޓީމު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި
ސާބާ ޗެމްޕިއަންޝިޕް: ޓީމުތައް މާލެ އަތުވެއްޖެ
ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން- ސާބާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ސަރަހައްދީ ޓީމުތައް މާލެ އަތުވެއްޖެއެވެ.

މި މުބާރާތުގައި ދިވެހި އަންހެން ގައުމީ ބާސްކެޓް ޓީމާއެކު ޖުމްލަ 4 ޓީމަކުން ވާދަކުރާނެއެވެ. އެއީ ރާއްޖެއާ، ލަންކާއާ ބޫޓާން އަދި ނޭޕާލެވެ. ހުރިހާ ޓީމެއްވެސް މިހާރުވަނީ މާލެ އައިސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ މާލެ އައީ ބޫޓާން ޓީމެވެ. އޭގެ ފަހުން ނޭޕާލް އަދި އެންމެ ފަހު މިރޭ އައީ ލަންކާ ޓީމެވެ.

މުބާރާތުގެ ކުޅުން ފެށޭނީ މާދަމާ ރޭއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ރާއްޖެއާ ނޭޕާލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް