ads
ނާޒިމް އަދި ނަޝީދު
ކާނަލް ނާޒިމްގެ ތައުރީފް ރައީސް ނަޝީދަށް
މޯލްޑީވްސް ނޭޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް، ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހު ރައީސް ނަޝީދުގެ އިސްތިއުފާ ސިޓީ ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ޢަބްދުﷲ ރިޔާޒާއެކު ދިޔަކަމަށް ތުހުމަތު ކުރެވޭ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ރައީސް ނަޝީދަށް ތައުރީފު ކުރެއްވީ   އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ހަފްލާގައި، މިރޭ ވާހަކަ ދައްކަވަމުންނެވެ. މި ހަފްލާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އަޅުގަނޑުމެންގެ މި އުފާވެރި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އަދި އެމްޑީޕީގެ ރައީސް ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ މަލްޓިޕާޓީ ޑިމޮކްރެސީ ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަމުގެ ރަމްޒެއް. އެކަމަށްޓަކައި އެ މަނިކުފާނަށް އަޅުގަނޑުމެން ޕާޓީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ރައީސް ނަޝީދަށް، ކާނަލް ނާޒިމް މިރޭ ތައުރީފު ކުރެއްވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނާޒިމްވަނީ އިއުލާން ކުރައްވާފައެވެ. އަނެއްކޮޅުން، ރައީސް ނަޝީދު އާ ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ދެމެދުވަނީ ސިޔާސީ ގޮތުން ނުތަނަވަސް ކަމެއް އުފެދިފައެވެ.

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް