ads
އެކްސިޑެންޓްގައި ގެއްލުން ލިބުނު ޑިންގީ - ފޮޓޯ: ޕޮލިސް
ލޯންޗަކާއި ޑިންގީއެެއް ޖެހި 4 މީހަކަށް އަނިޔާވެގެން ފަރުވާދެނީ
ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅުތެރެއިން ލޯންޗަކާއި ޑިންގީއެެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

މިރޭ 19:55 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނެއް ދެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ނެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އަނިޔާވި ހަތަރު މީހުންނަކީވެސް ޑިންގީގައި ތިބި މީހުން ކަމަށެވެ. އެއީ ދިވެހި ދެ ފިރިހެނަކާއި، ބިދޭސީ ފިރިހެނެއްގެ އިތުރުން ބިދޭސީ އަންހެނެކެވެ. 

އެ ހާދިސާގައި ޑިންގީއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ، ޑިންގީގެ ކުރީކޮޅު ފަަޅަފަޅައިގެން ގޮސްފަ އެވެ.

މިދިޔަ މެއި މަހު ގއ. ވިލިގިލީ ފަޅަށް ވަންނަން އުޅުނު ލޯންޗެއް ނެރުގައިޖެހި ހިނގި ނުރައްކާތެރި ހާދިސާގައި ވެސް ވަނީ، ފަސް މީހަކަށް ސީރިއަސް ޒަހަމުތަކެއް ލިބިފައެވެ. އެ ހާދިސާގައި އޭގެތެރެއިން ދެމީހަކު ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް