ads
ރައީސް ސާލިހާ ޝާހިދު އަބޭއާއެކު
އަބޭގެ ޖަނާޒާއަށް ޝާހިދު ޖަޕާނަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ރަސްމީ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ފުރާވަޑައިގެންފި އެވެ.

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު އަބޭ އަވަހާރަވީ މިދިޔަ ޖުލައި މަހު ކެމްޕެއިންގައި އުޅުއްވަނިކޮށް ބަޑިން ދިން ހަމަލާއެއްގައެވެ. އަބޭގެ ޖަނާޒާ އޮންނާނީ މާދަމާ ޓޯކިޔޯގައެވެ. 

މި ޖަނާޒާގައި ގިނަ ގައުމުތަކެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ގޮތުން 700 އެއްހާ އިއްޒަތްތެރިން މި ޖަނާޒާގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި 50 އަކަށް ހެޑް އޮފް ސްޓޭޓުންވެސް ހިމެނިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނިވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް