ads
ތިނަދޫ ކައުންސިލުން ނެގި އުލޫމިއްޔާ ޕްރީ ސްކޫލްގެ ނަންބޯޑު ކައުންސިލުން ބަދަލު ކޮށްފައި
ބިންތައް އަތުލި މައްސަލައިގައި ތިނަދޫގައި ހުރި ޕްރީސްކޫލްތަކުން ކޯޓަށް މައްސަލަ ހުށަހަޅަނީ
ތިނަދޫގައި ހިންގަމުން ގެންދިޔަ ޕްރީ ސްކޫލްތަކަށް ދީފައިވާ ބިންތައް ކައުންސިލުން އަތުލި މައްސަލައިގައި ޕްރީސްކޫލަކުން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

ތިނަދޫގައި ކުރިން ހިންގަމުން ގެންދިޔަ ތިން ޕްރީ ސްކޫލެއް ކަމަށްވާ އަމީރު އިބްރާހީމް ޕްރީ ސްކޫލާއި، އުލޫމިއްޔާ ޕްރީ ސްކޫލްގެ އިތުރުން ޓިއުޓޯރިއަލް ޕްރީ ސްކޫލްގެ ބިން ކައުންސިލުން ވަނީ އަތުލައިފައެވެ.

ކައުންސިލުން ބުނީ އެބިންތައް އަތުލާފައިވަނީ އެފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން ތަކާ އެއްގޮތަށް އެސްކޫލްތަކުގައި ކިޔަވައިދެމުން ނުގެންދާތީއެވެ. 

"އެއްބަސްވުންތައް ކުރިންވެސް ހަދާފައި އޮތީ. އަދި ތަފާތު އެތައްފަހަރެއްގެ މަތިން މުއާމަލާތް ކުރުމަށްފަހު ބިންތައް އަތުލާފައިވަނީ" ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވިއެވެ. 

އެހެންނަމަވެސް ބައެއް ޕްރީސްކޫލްތަކުން ބުނީ ކައުންސިލުން ފޮނުވާ ސިޓީތަކަށް ޖަވާބު ދެމުން އަންނަ ކަމަށާއި، އަސް އެސްކޫލްތައް ކައުންސިލަށް ނަގާ ކަމަށްވާނަމަ ބަދަލުދޭންޖެހޭނެ ކަމަށް ބުނަމުން ގެންގޮސްފައިވާނެ ކަމަށެވެ. 

your imageތިނަދޫ ކައުންސިލުން އަތުލި ޕްރީ ސްކޫލެއްގެ ތެރޭގައި ބޯހިމެނުމުގެ މަސައްކަތް ކުރަނީ 

އަމިއްލަ ގޮތުން ހިންގާ ޕްރީސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓުވާފައިވަނީ 2016 ވަނައަހަރު ސަރުކާރުންނެވެ. އެނިންމުމާ ގުޅިގެން ސަރުކާރުގެ ސްކޫލްތަކުގައި ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން ފެށުނެވެ. އެހެންކަމުން އަމިއްލަ ގޮތުން ހިންގާ ޕްރީ ސްކޫލްތަކަށް ދަރިވަރުން ގެންދިއުން އެއްކޮށް ހުއްޓުނެވެ.

ޕްރީ ސްކޫލްތައް ހިންގި ބައެއް ފަރާތްތަކުން ބުނީ އެގޮތަށް އެބިންތައް ނުނެގޭނެ ކަމަށާއި، އެމައްސަލަ ދޫ ނުކުރާނެ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް ބައެއް ޕްރީ ސްކޫލްތަކުގެ ވެރިން ވަނީ ބުނެފައެވެ.

ބިންތައް ކައުންސިލަށް ނަގާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލްތައް އުވާލާފައި ނުވެއެވެ. އަމީރު އިބްރާހީމް ޕްރީސްކޫލްގެ ވެރިއެއްކަމަށްވާ އިބްރާހީމް ޝާކިރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއަށް ކަން ހިނގަމުން އަންނަ ގޮތް ދަންނަވަމުން ގެންދަވާ ކަމަށާއި، އެސްކޫލްތައް އުވާލިކަން އެއްވެސް މުއައްސަސާއަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި ނުވާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވާކަމަށެވެ.  

ތިނަދޫގައި ޕްރީސްކޫލްތައް ހިންގަމުން ގެންދަނީ، ކިޔަވައިދިނުމުގެ މަސައްކަތުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ ފަރާތްތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް