ads
ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޯލްޒް އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަންނަވަނީ—
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވި 2 ލީޑަރަކު ކޮވިޑް ޖެހިއްޖެ
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގައި ބައިވެރިވި ދެ ލީޑަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި އޮތް އދގެ އާންމު މަޖިލީހުގައި ބައިވެރިވި ގަައުމުތަކުގެ ލީޑަރުންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހިފައިވަނީ ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް އެވެ. 

ސްޕެއިންގެ ސޯޝަލިސްޓް ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ސަންޗޭޒް ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން މިމަހުގެ 22 ވަނަ ދުވަހު ހާމަކޮށްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރި ނަމަވެސް ސަންޗޭޒް އޭނާގެ ހާލާ ގުޅޭ ތަފްސީލެެއް ނުދެއްވައެވެ. އޭނާ ވިދާޅުވީ “ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރިއަށް” ގެންދަވާނެ ކަމަށެވެ.

އާންމު މަޖިލީހުގައި ބައިވެރިވި ލީޑަރުންގެ ތެރެއިން ދެން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ވިލާތުގެ އިއްތިހާދުގެ މައި ބާރުކަމަށްވާ ޖަރުމަނު ވިލާތުގެ ޗާންސެލަރު އޮލަފް ޝޯލްޒް އެވެ. 

ޝޯލްޒް ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފަހު މެދުއިރު މައްޗަށް ކުރެއްްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމެވާލުމަށް ފަހު ގައުމަށް ވަޑައިގެން ފަހުންނެވެ. 

ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ބަލީގެ ކުދި އަލާމަތްތައް ފެންނަން ފެށުމުން ޝޯލްޒް ވަނީ އެކަހެރިވެފަ އެވެ. ހުރިހާ އާންމު ބައްދަލުވުންތައް ކެންސަލްކޮށްފައިވާ އިރު ސަރުކާރުގެ މުހިއްމު ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ޝޯލްޒްގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިންޓީރިއާ މިނިސްޓަރު ނެންސީ ފައީސާރް ވެސް ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކޮށްފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް