ads
އެއަޕޯޓްސް ކޮމްޕެނީ ފްލެޓް ހަވާލުުކުރުން (ފޮޓޯ މިހާރު)
އެއަޕޯޓްސް ކޮމްޕެނީގެ ފްލެޓްތައް ހަވާލުކޮށްފި
އެއަޕޯޓްސް ކޮމްޕެނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތް ކުރި ފްލެޓްތައް ނިންމައި، އެތަން މުވައްޒަފުންނާ މިއަދު ހަވާލުކޮށްފިއެވެ.

 މައުލޫމާތު ލިބިފައިވާ ގޮތުގައި އެއަޕޯޓްސް ކޮމްޕެނީން 14 ބުރީގެ 2 ޓަވަރުގައި އިމާރާތްކޮށްފައިވަނީ 384 ފްލެޓެވެ. އެއީ 2 ކޮޓަރީގެ 240 އެޕާޓްމަންޓާއި 1 ކޮޓަރީގެ 72 އެޕާޓްމަންޓެވެ. 

މިތަންތައް އެއަޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނާ ހަވާލުކުރީ މިއަދު ހެނދުނުއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެންވެ. 

މި ފްލެޓްތަކުގެ އަގު ދައްކަން ޖެހެނީ 20 އަހަރުންނެވެ.

އެއަޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ ފްލެޓްތައް މިއަދު ހަވާލުކޮށްފައިވާއިރު، ސްޓެލްކޯގެ ފްލެޓްތައްވެސް ނިންމައި މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހަވާލުކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް