ads
އިންޓޮނޭޝިޔާއައް އައި ބިންހެލުމެއް
ފާއިތުވެ 24 ގަޑިއިރު ތެރޭ ދުނިޔެއަށް 700 އަށްވުރެ ގިނަ ބިންހެލުން
ފާއިތުވެގެން ދިޔަ 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކަށް 700 އަށްވުރެ ގިނަ ބިންހެލުން އައިސްފައި ވާކަމަށް، ބިން ހެލުންތައް ދިރާސާ ކުރާ "ވޮލްކޭނޯ ޑިސްކަވަރީ" އިން ބުނެފި އެވެ.

ވޮލްކޭނޯ ޑިސްކަވަރީ އިން އެންމެ ފަހުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ދުނިޔޭގެ އެކި ހިސާބުތަކުން ޖުމްލަ 730 ބިން ހެލުމެއް ވަނީ ރިޕޯޓް ކޮށްފަ އެވެ. 

އޭގެ ތެރޭގައި ފަސް މެގްނަޓިއުޑް އަށްވުރެ ބާރުގަދަ ހަތް ބިން ހެލުމަކާއި، ހަތަރު މެގްނަޓިއުޑް އާއި ފަސް މެގްނަޓިއުޑް އާއި ދެމެދުގެ 37 ބިން ހެލުމެއް ވަނީ ރިޕޯޓް ކޮށްފަ އެވެ. 

މީގެ އިތުރުން ތިން މެގްނަޓިއުޑް އާއި ހަތަރެއް މެގްނަޓިއުޑް އާއި ދެމެދުގެ 89 ބިން ހެލުމަކާއި، ދެ މެގްނަޓިއުޑް އާއި ތިނެއް މެގްނަޓިއުޑް އާއި ދެމެދުގެ 209 ބިން ހެލުމެއް ރިޕޯޓް ކުރެވިފައި ވާކަމަށް ވަނީ ބުނެފަ އެވެ. އަދި ދޭއް މެގްނަޓިއުޑް އަށްވުރެ ދަށުގެ 388 ބިން ހެލުމެއް ރިޕޯޓް ކޮށްފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ވަރުގަދަ ބިން ހެލުމެއް އައިސްފައިވަނީ، ފިލިޕީންސްގެ ކަނޑުގެ ސަރަހައްދަށެވެ. އެ ބިންހެލުމަކީ، 5.7 މެގްނަޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއް ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. 

މިދިޔަ ހަތް ދުވަސް ތެރޭ ދުނިޔޭގެ އެކި ހިސާބުތަކުން ހައެއް މެގްނަޓިއުޑް އަށްވުރެ ބާރުގަދަ ތިން ބިން ހެލުމެއް އައިސްފައި ވާކަމަށްވެސް "ވޮލްކޭނޯ ޑިސްކަވަރީ" އިން ވަނީ ބުނެފި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް