ads
ޔޫވީގެ 2 ކުޅުންތެރިން ދަނޑުގެ ރޮސްޓްރޮމްގައި
މުސާރަ ނުލިބިގެން ޔޫވެ 2 ކުޅުންތެރިން ހަންގަ ސްޓަރައިކެއްގައި
ނިމުނު ފުޓްބޯޅަ ސީޒަންގައި ޔުނައިޓެޑް ވިކްޓަރީއަށް ކުޅުނު ބޭރުގެ 2 ކުޅުންތެރިއަކަށް މުސާރަ ނުދީގެން އެންމެ ފަހުން ގަލޮޅު ދަނޑުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫވީގެ ޑިފެންޑަރު ސާބިއާގެ މިލޯސް ކޮވަސިޗް އާއި މިޑްފީލްޑަރު ބެލަރޫސްގެ އީވާން ވެރަސް އަށް މިދިޔަ ހަތަރު މަހު ދޭން ޖެހޭ މުސާރަ ނުދީގެން އެ ކުޅުންތެރިން ތިބީ ރަސްމީ ބޯޅަ ދަނޑުގެ ރޮސްޓްރޮމްމަތީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިގެންނެވެ. އެ  ކުޅުންތެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހުންނަށް މުސާރަ ނުދޭތާ ކުޑަމިނުން ކާނެ ލާރިވެސް ނުދެއެވެ. އަދި ދެ މީހުންގެ ވިސާގެ މުއްދަތުވެސްވަނީ ހަމަވެފައެވެ.

ދެ ކުޅުންތެރިންނަށް މުސާރަ ނުދޭކަން އެ ކްލަބުންވެސް ބައެއް މީޑިއާތަކަށްވަނީ ކަށަވަރުކޮށްދީފައެވެ. ކްލަބާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކްލަބަށްވެސްވަނީ މާލީ މައްސަލަތައް ކުރިމަތިވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން އެ ކްލަބަށް ދޭން ޖެހޭ ފައިސާ ނުދެއެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް