ހަބަރު /
ޑެންގީގެ އިތުރު މަރެއް، މި ފަހަރު 19 އަހަރުގެ ޒުވާނެއް
އަހުމަދު ހަސަން
04 އޮކްޓޯބަރ 2022 - 09:09:21
ޑެންގީ ހުން ޖެހިގެން 19 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. މިއީ މެދު ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ޒުވާން ފިރިހެން ކުއްޖެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 19 އަހަރުގެ މި ޒުވާނާ ނިޔާވީ، ޑެންގީއަށް އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މި ޒުވާނާގެ ޖަނާޒާ އޮތީ މިއަދު އަސްރު ނަމާދަށް ފަހުއެވެ. ސީއެންއެމް ނިވްސް ޓީމުގެ ފަރާތުން މި ޒުވާނާގެ އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރަކާތެރި ބަލި، ޑެންގޫ ހުން ޖެހިގެން އަށް އަހަރުގެ ކުޑަކުއްޖަކު އިއްޔެވެސްވަނީ ނިޔާވެފައެވެ. އެ ކުއްޖާވެސް ނިޔާވީ އައިސީޔޫގައި ފަރުވާ ދެވެމުން ދަނިކޮށެވެ.
ޑރ. ފައިސަލް މިއަދު އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ ޑެންގޫހުން ޖެހުމުން ސަމާލުކަން ދޭންވީ ކަންކަން ފާހަގަކޮށްފައެވެ.
އެގޮތުން ސަމާލުކަން ދޭންވީ ކަންކަން
- ގިނައިން އަރާމުކުރުން
- ގިނައިން ދިޔާ ތަަކެތި ބޭނުންކުރުން، ޑރ. ފައިސަލް ވިދާޅުވިގޮތުން ފެނަށްވުރެ ރަނގަޅީ ލޮނުޕެކެޓް، ކުރުބާ ފެން ޖޫސްފަދަ ތަކެތި ބޭނުން ކުރުމެވެ.
- ކޮފީ އާއި ކެފެއިން ހުންނަ ތަކެތި ބޭނުންނުކުރުން
- ހޮޑުލެވޭނަމަ ކަރާފަނިފަދަ ރަތްކޮށް ހުންނަ ނުވަތަ މައިލޯ ފަދަ ކުލަގަދަ ތަކެތި ނުބުއިން
- ޕެރެސެޓުމޯލް ނުވަތަ އެހެންވެސް ބޭހެއް ހުމަށް ނުވަތަ ގައިގައި ރިއްސުމަށް ބޭނުން ނުކުރުން
ޑެންގޫހުމުގެ އަލާމާތްތައް
- ހުންމަޑުވާއިރުވެސް ބަލިހާލަތު ބޮޑުވުން
- ހޭވެރިކަން ނެތުން
- ކުޑަކުދިން މާގިނައިން ރުއިން
- ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައުން
- ބޮޑުކަމުދާއިރު ނަޖިސް ރަތްކުލައިގައި ނުވަތަ ކަޅުކުލައިގައި ހުރުން
- ރަތްކުލައިގެ ބިހިތަކެއް ނެގުން
- އަތްފައި ފިނިވުން
- ބަނޑުގައި ރިއްސުން
- ހޮޑުލެވި ދިޔާ އެއްޗެހި ނުބޮވުން
- ހަ ގަޑިއިރުވާއިރުވެސް ކުޑަކަމު ނުދެވުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް