ads
ނަޝީދު ގަހެއް އިންދެވުމުގައި އެހެން ބަޔަކާއެކު
ގަސް ކަނޑާތީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ މިއަދު
އަމީނީމަގުން ގަސް ކަނޑާތީ ރައީސް ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރާ ގުޅޭ މައްސަލަ މިއަދު މެންދުރު ފަހު ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފިއެވެ.

ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 2 ޖަހާއިރުއެވެ.

ރައީސް ނަޝީދުގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވަނީ ޕްލޭނިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ދެކޮޅަށެވެ. ސިވިލް ކޯޓަށް ނަޝީދުގެ ފަރާތުން މި މައްސަލަ ހުށަހެޅީ މަޝްހޫރު ގާނޫނީ ވަކީލާ ޝުނާނާގެ ލޯ ފާމް މެދުވެރިކޮށެވެ. މި މައްސަލަ ސިވިލް ކޯޓުން ނިމެންދެން، އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ނަޝީދުގެ ފަރާތުން މި މައްސަލައިގައިވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ. މިއަދު އޮތީ އެ އަމުރާ ގުޅޭ އަޑު އެހެމެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ މައްސަލައިގައި ނަޝީދު ކޯޓަށް ވަޑައިގެންނެވީ އެ ގަސްތައް ނެގުމާއިމެދު ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން ދެވަނަ ވިސްނުމެއް ނުގެންގުޅޭނަމަ، އެކަން ހުއްޓުވާން ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގައި ދެއްވުމަށް ފަހުއެވެ.  ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އަމީނީ މަގުން ގަސްތައް ކެނޑުމަކީ އެއީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ވެސް ކަންބޮޑުވުމަކަށް ވުމުން ކަމަށާއި، ސަރުކާރާއި، އެކަން ކުރަމުންދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) ވެސް އެކަމުގައި ދެވަނަ ވިސްނުމަކަށް ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް