ads
ހެލްތު މިނިސްޓަރު ނަސީމް
ނަފްސާނީ ބަލިތަކާމެދު ދެކޭ ގޮތް ބަދަލުކުރަން ޖެހޭ: ނަސީމް
ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންނަށް ލަސް ނުވެ ފަރުވާ ލިބެންޖެހޭ ކަމަށާއި، މި ބަލި ތަހައްމަލު ކުރާ މީހުންނާއި މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމަށް ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ފެސްޓިވަލުގައި ވާހަކަ ދައްކަވަމުންނެވެ. 

މިނިސްޓަރު ނަސީމް ވިދާޅުވީ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންނަށް ލަސް ނުވެ ފަރުވާ ލިބެންޖެހޭ، މުޖްތަމައުގައި މި ބަލި ތަހައްމަލު ކުރާ މީހުންނާއި މެދު ދެކޭ ގޮތް ބަދަލުކޮށް ނަފްސާނީ ސިއްހަތާ ދޭތެރޭ އޮންނަ "ސްޓިގްމާ ނައްތާލަން ޖެހޭ،“ ކަމަށެވެ.

ހެލްތު މިނިސްޓްރީން އިންތިޒާމްކުރި ފެސްޓިވަލްގެ ބޭނުމަކީ ނަފްސާނީ ސިއްހަތާ މެދު ހޭލުންތެރިކަން އިތުރުކޮށް އަދި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ކޮންމެ މީހަކަށް ވެސް އަމިއްލަ އަށް ކުރެވޭނެ ކަންތައްތައް ބުނެދީ، ބާރުވެރިކޮށް، މިކަހަލަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް