ads
ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ބަންޑާރަނައިބު އަވަދިނެތި!
ރާއްޖޭގެ ރައްޔިތުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދީ އެމަނިކުފާނުގެ ސަރުކާރެއް ގާއިމުކުރީ، އެރައްޔިތުން ގަބޫލު ނުކުރި ހަމަތަކެއް ބަދަލުކޮށް ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދުމަށެވެ. އެކަންކަން ކުރެވެން އަންނަނީ ރާއްޖޭގެ އެކި ގާނޫނުތަކަށް ބަދަލުގެނެސް، ރައްޔިތުންގެ އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސާނޭ މަގުކޮށައި ދީގެންނެވެ. އެކަމުގެ މަސްއޫލިޔަތާއި ޒިންމާ ބަންޑާރަނައިބު އަވަދިނެތި އަންނަނީ އަންނަނީ އުފުއްލަވަމުންނެވެ.

ބަންޑާރަނައިބަކީ ސަރުކާރެއް ހިންގުމުގައި، އަދި ސަރުކާރެއްގެ ސިޔާސަތުތަކުގައި ޤާނޫނީ ކުލަޖެއްސުމުގައި އިސްފަރާތެކެވެ. ސަރުކާރުން ރައްޔިތުންނަށް ފުރިހަމަކޮށްދޭން ބޭނުންވާ ކަންކަމުގައި ޤާނޫނީ އަސާސު ކަނޑައަޅައި އަމަލީ ސިފަގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަނީ ބަންޑާރަނައިބެވެ. މިވީހާތަނަށް ރާއްޖޭގައި ފެނުނު ގިނަ ބަންޑާރަނައިބުންނަށްވުރެއް އަދުގެ ބަންޑާރަނައިބު ތަފާތުވެފައި ހިކުމަތްތެރިކަމަށް ފެނެއެވެ. 

އެންމެ ފަހުން ދިވެހިން ދެކެން ޖެހުނު ބަންޑާރަނައިބަށް ފާޑުކިޔުން އަމާޒުވީ މާގިނަޔެއްކޮށް އެންމެ މަތީ ކޯޓަށް ވަދެވަޑައިގަންނަވަން ނުޖެހޭ ވަގުތުތަކުގައި ވަދެ އިންނަވާތީ އާއި ރައްޔިތުންނަށް ގަބޫލުކުރަން ދަތި ވާހަކަތަކެއް ޓީވީގައި ދައްކަވާތީއެވެ. އަދި މަޖިލީހަށް ހުށަހަޅާ ބިލްތަކުން ރައްޔިތުން އިތުރަށް މާޔޫސްކުރުވާތީއެވެ.

އެޔާއި ހިލާފަށް ބަންޑާރަނައިބަކީ ޒިންމާބޮޑު ހައިބަތު ބޮޑުބޭފުޅުކަށް ވާންޖެހޭކަން އަދުގެ ބަންޑާރަނައިބު އަންނަނީ ސާބިތު ކޮށްދެއްވަމުންނެވެ. 

ޤާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް، ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް އަދުގެ ބަންޑާރަނައިބު އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މަގާމުގެ މަސްއޫލިޔަތާއި ވާޖިބުތައް އަދާކުރުމުގައި އިތުރު އިދާރާއެއްގެ ނުވަތަ މީހެއްގެ ބާރެއް ނުފޫޒެއް ނުހިންގޭނެ ކަން އަންނަނީ ހާމަކޮށްދެއްވަމުންނެވެ. އެމަނިކުފާނު އަންނަވަނީ ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކޮންމެހެން ކުރައްވަންޖެހޭ މަސައްކަތްޕުޅު ކުރައްވަމުންނެވެ. 

ތަފާސްހިސާބަށް ބަލާލުމުން މިކަން ހާމަވެއެވެ. 

ނިމިދިޔަ 2019 ވަނަ އަހަރު އެކަނިވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 49 ބިލެއް ފޮނުވާފައިވެއެވެ. މަޖިލީހަށް އޭގެ ތެރެއިން މިދިޔަ އަހަރު ފާސްކޮށްދެވުނީ 27 ބިލެކެވެ. 

އަދި މިހިނގާ 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް އެކަނިވެސް 56 ބިލެއް ސަރުކާރުން ފޮނުވުމަށް ވަނީ ނިންމާފައެވެ. އެއީ، މިހާރު އަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅީން އަލަށް އުފައްދާ ޤާނޫނުތަކާބެހޭ 24 ބިލެކެވެ. 

މީގެ ތެރޭގައި ރައްޔިތުންގެ އެކިއެކި ހައްގުތައް ދިފާއުކޮށްދޭ އަދި ރައްޔިތުންގެ މަސްލަހަތަށް ވިސްނާ ބައްޓަންކުރާ ބިލްތަކާއި ރާއްޖޭގެ އާމްދަނީ އިތުރުކޮށް ރައްޔިތުން ބާރުވެރި ކުރުވުމުގެ އެތައްބިލެއް ހިމެނެއެވެ. މި ހުރިހާ ޤާނޫނީ އޮނިގަނޑުތައް އެކުލަވާލާ މަޖިލީހަށް ހުށަހަޅުއްވަނީ ބަންޑާރަނައިބުގެ އޮފީހުންނެވެ. އެބޭފުޅުންގެ މިންނެތް މަސައްކަތުންނެވެ. އިތުރަށް ފުރިހަމަ ކުރުމަށްފަހު ފާސްކޮށްދެއްވަނީ ޤާނޫނުހަދާ މަޖިލީހުންނެވެ. 

ރައްޔިތުން ދެއްކި މިސްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި، ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް ގެންނެވުމުގައި ބަންޑާރަނައިބުގެ ހިއްސާބޮޑެވެ. އަދި އެމަނިކުފާނު ހުންނެނީ އެ މަސްއޫލިޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމުގައި ފަހަތައް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. 

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިފަދައިން "މިއަދު މި ދެކޭ އިޖުތިމާއީ ސުލްހަވެރިކަމުގެ ހަޤީޤީ ސިއްރު"ގެ ފަހަތުގައި ވަނީ ދައުލަތުގެ ބާރުތަކުން އެކުގައި ގުޅިގެން ކުރާ ބުރަ މަސައްކަތެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް