ads
އއ. ފެރިދޫ——ފޮޓޯ: ސޯޝަލް މީޑިއާ
ފެރިދޫ ފުއްޓަރު ފަރާތުން ފެނުނުމީހާ ފަރުވާއަށްފަހު މާލެ ފޮނުވާލައިފި
އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗުން ދަތުރުކުރި ދެމީހުންގެ ތެރެއިން އެ އަތޮޅު ފެރިދޫ ފުއްޓަރާއި ދިމާއިން ފެނުނު މީހާ ފަރުވާއަށްފަހު މާލެ ފޮނުވާލައިފި އެވެ.

މިމަހުގެ ހަވަނަ ދުވަހު މާލެއިން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ގެއްލިގެން ރިޕޯޓުކޮށްފައިވަނިކޮށް، އެ ލޯންޗު އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮއްވާ އިއްޔެ ވަނީ ފެނިފަ އެވެ.

އެ ލޯންޗު ދަތުރުކުރި މީހުންގެ ތެރެއިން ފެރިދޫ ފުއްޓަރާއި ދިމާއިން ފެނުނު މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވެއެވެ.

އެ މަރުކަޒުގެ މެނޭޖަރު މަރިޔަމް މިއަދު ”ސީއެންއެމް“ އަށް ވިދާޅުވީ، އެމީހާ އެ މަރުކަޒަށް ގެނެވުނު އިރުވެސް އެހާ ހާލުދެރަ ނޫންކަމަށާއި، ފަރުވާދީފައިވަނީ ޑީހައިޑްރޭޝަން އަށް ކަމަށެވެ. 

”ފަރުވާއަށްފަހު ރޭގެ 00:00 ހާއިރު އޭނާ ވަނީ މާލެ ފޮނުވާލާފައި، އޭނާގެ ހާލު ރަނގަޅު،“ މަރިޔަމް ވިދާޅުވި އެވެ.

އެއީ ފުލުހުން ބަލަމުންދާ މައްސަލައަކަށްވުމުން އިތުރު މައުލޫމާތު ދޭން އޭނާ އުޒުރުވެރިވި އެވެ. ނަމަވެސް އެމީހާ މާލެ ގެންދިޔައީ އިތުރު ފަރުވާއަށް ނޫންކަމާއި، އޭނާގެ ހާލު ރަނގަޅު ކަން މަރިޔަމް ޔަގީންކޮށްދެއްވި އެވެ.

ސީއެންއެމްއަށް އެނގިފައިވާގޮތުގައި އެމީހާ މާލޭ ގެނައީ ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މައުލޫމާތު ސާފުކުރުމަށެވެ. 

އެ ލޯންޗުން ދަތުރުކުރީ ދެމީހުން ނެވެ. އޭގެތެރެއިން އެކަކު އަދިވެސް ނުފެނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓުގާޑު ގުޅިގެން ދަނީ ކުރަމުން ނެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް