ads
ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަނީ
މިދިޔަ އަހަރު 18 ރިސޯޓެއް އަލަށް ހުޅުވި
ރާއްޖޭގައި މިދިޔަ އަހަރު 18 ރިސޯޓެއް އަލަށް ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2019 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންގޮސްފައިވަނީ 157 ރިސޯޓެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 18 ރިސޯޓް އިތުރު އަދަދެކެވެ. 2018 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާފައިވަނީ 139 ރިސޯޓެވެ.

ގެސްޓްހައުސްގެ ވިޔަފާރިއަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ގެސްޓްހައުސްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންގޮސްފައިވަނީ 563 ތަނެވެ. ނަމަވެސް 2018 ވަނަ އަހަރު ގެސްޓްހައުސްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 491 ތަނެވެ. އެހެންކަމުން 2019 ވަނަ އަހަރު މުޅިން އަލަށް 72 ތަނަކަށް ވަނީ ގެސްޓްހައުސް ހިންގަން ހުއްދަ ދީފަ އެވެ. 

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ކޮންމެ އަހަރަކުވެސް އެތައް ރިސޯޓަކާއި ގެސްޓްހައުސްތަކެއް ހުޅުވާ، ހިދުމަތް ދެމުންދާއިރު ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. 

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 51،958 އެނދު އެބަހުއްޓެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރުން ގެންދަނީ ޕްރޮމޯޝަނަށް ބޮޑު ހޭދައެއްކޮށް ގިނަ ގައުމުތަކެއްގައި ރާއްޖެ އިޝްތިހާރުކުރަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް