ads
ފިނޭންސް މިނިިސްޓްރީ ހިންގާ އިމާރާތް
ރާއްޖޭގެ ދަރަނި 67 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ
ރާއްޖޭގެ ދަރަނި ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބްތައް ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ނިމުނު އިރު 59 ބިލިއަން ރުފިޔާގައި ދައުލަތުގެ ދަރަނި ހުރި އިރު ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 2019 ވަނަ އަހަރު ނިމުނު އިރު 67 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

ޖީޑީޕީގެ ނިސްބަތުން ބަލާއިރު ރާއްޖޭގެ ދަރަނި ހުރީ މިހާރު 76 އިންސަައްތައިގަ އެވެ.  

ތަފާސްހިސާބްތައް ދައްކާގޮތުން 2018 ވަނަ އަހަރު ނިމުނު އިރު ސެންޓްރަލް ގަވަރުމެންޓް ދަރަންޏަކީ 48.2 ބިލިއަން ރުފިޔާ އެވެ. އަދި 2019 ވަނަ އަހަރު ނިމުނު އިރު މި އަދަދު ވަނީ 54.2 ބިލިއަނަށް އަރާފަ އެވެ. 

ފިނޭންސް މިނިސްޓްރީއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން 2018 ވަނަ އަހަރު ނިމުނު އިރު ގެރެންޓީޑް ދަރަނީގެ ގޮތުގައި ހުރި 11.6 ބިލިއަން ރުފިޔާ ވަނީ 2019 ވަނަ އަހަރު ނިމުނު އިރު 12.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް