ads
ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ވަން އޮންލައިން
މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ޖީލަކަށް އަނިޔާކުރި: ނަޝީދު
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖޭގެ ޖީލަކަށް އަނިޔާ ކޮށްފައި ވާކަމަށާއި އެމަނިކުފާނުގެ އާއިލާއިން މީހުންނާއި މެދު ނުހައްގުން ކަންތައް ކުރާގޮތުގެ ވާހަކަ ދެއްކުމުން ބަލައިގަންނަން ވަރަށް އުދަނގޫ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމެނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. 

ދުންޔާ މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވަނީ ސިޔާސީ ނުފޫޒާއި ޖުޑީޝަރީގެ ބޭނުންކޮށްގެން އެއް ރައީސަކު އަނެއް ރައީސް ހައްޔަރުކުރާ ކުރުން ތަކުރާރު ވަމުން އަންނަ ކަމުގައެވެ. އެކަމަނާގެ މި ޓްވީޓަށް ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާލިބުނު ގިނަ ފަރާތްތަކެއްގެ އާއިލާ ބޭފުޅުންނާއި އަނިޔާ ލިބުނުފަރާތްތަކުން ވަނީ ރައްދުގައި ޓްވީޓްކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ ރައީސް މައުމޫން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާތަކަށް މާފަށް އެދެންޖެހޭނެ ކަމަށް ބުނެފައެވެ. 

ގިނަ ބަޔަކު ރައީސް ނަޝީދު ރައީސް މައުމޫން ޖަލަށް ނުލާކަމަށް ބުނެ ޓްވީޓް ކުރަން ފެށުމުން ދުންޔާ މައުމޫން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި، ރައީސް މައުމޫނު ފުލުހަށް ހާޒިރުކުރެއްވި ކަމަށާއި ކޮމިޝަންތައް އުފައްދައިގެން ވެސް ރައީސް މައުމޫނަށް، އުނދަގޫކުރައްވާފައިވާ ކަމުގައި ވިދާޅުވެފަ އެވެ. 

މިކަންްތައްތައް ހަނދާން ނެތުނީތޯ ދުންޔާ ސުވާލުކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހަމަދުގެ ކޮއްކޮ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުން، ނަޒީހާ އަހްމަދު ވަނީ ހަނދާނުން ފިލައިގެން ނުދާ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަމަށާއި މީހަކު ޖަލަށް ލުމާއި ކޮމިޝަނަކާ އަޅާނުކިޔޭނެކަމަށް ބުނެފަ އެވެ. 

ދުންޔާގެ މި ޓްވީޓަށް ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ނަޝީދު ވެސް ވަނީ ރައްދުގައި ޓްވީޓް ކޮށްފައެވެ. އޭނާ ވަނީ އެތައް އަހަރެއް ވަންދެން މީހަކު ޖަލުގައި ބޭއްވުމާއި ފުލުސް އޮފީހަށް ހާޒިރުކުރުމާއި އެއްވަރު ކުރަނީތޯ ސުވާލުކޮށް ދުންޔާއަށް ފާޑުކިޔާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް