ads
ކާނިވާ ސަރަހައްދު--
ފީ ދައްކައިގެން ކާނިވާ ސަރަހައްދުގައި ޕާކް ކުރެވޭ ގޮތް ހަދަނީ
ހަތަރު ފުރޮޅުލީ އުޅަނދު، ކާނިވާ ސަރަހައްދުގައި ފީއެއް ދައްކައިގެން ޕާކުކުރެވޭ ގޮތަށް ހަދަން މާލޭ ސިޓީ ކައުންިސލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ ކާނިވާ ސަރަހައްދުގައި ޕާކުކުރުމަށް 52 ޖާގަ ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ފީއެއްގެ ގޮތުގައި ކޮންމެ ޖާގައަކަށް ވެސް ދައްކަން ޖެހޭނީ 3000 ރުފިޔާ ކަމަށް ވެސް އިއުލާނުގައި ބުނެ އެެވެ.

ކައުންސިލުން ބުނި ގޮތުގައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެކަމަށް އެދި ހުށަހަޅާ ފޯމު،  ސިޓީ ކައުންސިލުންނާއި އެތަނުގެ ވެބްސައިޓުން ލިބޭނެ އެވެ. އެގޮތުން މި ފޯމު ބަލައި ގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 ގެ ނިޔަލަށެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް