މަރުވެފައިވަނީ ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދުވާފަރު ޒުވާނެކެވެ.
އުނގޫފާރު ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ހަސަން ފަޒީލް ”ސީއެންއެމް“ އަށް ވިދާޅުވީ އޭނާ ގެނައީ ރޭގެ ވަގުތެއްގައި ކަމަށާއި މަރުވީ މިއަދުގެ މެދުރުގެ ވަގުތެއްގައި ކަމަށެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރަކާތެރި ބަލި، ޑެންގޫ ހުން ޖެހިގެން އަށް އަހަރުގެ ކުޑަކުއްޖަކު މިމަހުގެ ތިންވަނަ ދުވަހު ވެސް ވަނީ ނިޔާވެފައެެވެ. އެކުއްޖާ ނިޔާވީވެސް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.
އަދި ޑެންގީ ހުމަށް ފަރުވާދެމުންދިޔަ 19 އަހަރުގެ ޒުވާނަކު ވެސް އޮކްޓޫބަރު ހަތަރުވަނަ ދުވަހު ވަނީ މަރުވެފައެވެ.
އެެހެންކަމުން މިއީ ޑެންގޫ ޖެހިގެން ރާއްޖެއިން މިފަހުން މަރުވި ތިންވަނަ މީހާއެވެ. އަދި ރ. އަތޮޅުން މި ބަލީގައި މަރުވި ދެވަނަ ބަލިމީހާއެވެ.
ހަސަން ވިދާޅުވިގޮތުން ރ. އަތޮޅުން ޑެންގޫ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވާގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެޑްމިޓުކުރި ތިން ކުޑަކުއްޖަކުވެސް އެޑިމިޓުކޮށްފައިވަނީ ޑެންގޫ ޖެހިގެން ނެވެ.
އޭގެތެރެއިންްއެއް ކުއްޖަކު އައީ ޑެންގޫހުންޖެހި، ހުންމަޑުވެ ދެވަނަ ދުވަހު ހޮޑުލީއިރު ލެޔާއިއެކު ހޮޑުލުވިގެން ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.
ސަމާލުކަން ދޭންވީ ކަންކަން
ޑެންގޫހުމުގެ އަލާމާތްތައް