ads
ދެވަނަ ފިޔަވައްސަށް އިތުރު 2 ބަސް ހުއްޓި އިތުރުކުރަނީ
ހުޅުމާލެ ދެވަނަ ފިޔަވައްސަށް އިތުރު ދެ ބަސް ހުއްޓި އިތުރުކުރަން ނިންމައިފި އެވެ.

މި ބަސް ހުއްޓިތައް އިތުރުކުރާނީ މާދަމާއިން ފެށިގެން ނެވެ. 

އިތުރުކުރާ ދެ ބަސް ހުއްޓި

  • މަސްޖިދު އަމީރު ޖަމީލް ބަސް ހުއްޓި، ދެވަނަ ފިޔަވަހި ނިރޮޅު މަގު
  • ސްޓެލްކޯ ފްލެޓު ބަސް ހުއްޓި، ދެވަނަ ފިޔަވަހި، ހިތިގަސް މަގު

ބަސް ހުއްޓިތައް ތައާރަފްކުރާ ރޫޓުތައް

  1. ރޫޓު 6: ހުޅުމާލެ ދެވަނަ ފިޔަވަހި - ހުޅުމާލެ ފުރަތަމަ ފިޔަވަހި
  2. ރޫޓު 7: ހުޅުމާލެ ދެވަނަ ފިޔަވަހި - މާލެ ވެސްޓުޕާކް
  3. ރޫޓު 8: ހުޅުމާލެ ދެވަނަ ފިޔަވަހި - މާލެ ކާނިވަލް
  4. ރޫޓު 9: ހުޅުމާލެ ދެވަނަ - ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު 

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ސީދާ ދަތުރުތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ބަހުގެ އަގަކީ ފަސް ރުފިޔާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް