ads
ކުޑަކުދިން ރޭޕް ކުރުމާ ވަގަށް ނެގުން ބަންގްލަދޭޝްައި
ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 އަށްވުރެ ގިނަ މައްސަލަ
ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 އަށް ވުރެ ގިނަ މައްސަލަ މިއަހަރުގެ އޮފިސްޓް މަހުގެ ތެރޭ އެކަނިވެސް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި އޮގަސްޓް މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހު 248 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ޖިންސީ ހާނިއްކައިގެ މައްސަލަތައްވެސް ހިމެނެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 33 މައްސަލަ، ޖިންސީ ހާނިކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 15 މައްސަލަ އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 11 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ހާނިކައިގެ 6 މައްސަލައާ އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ އަދި ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް