ads
ކަނޑުގެ ދިރާސާ ކުރި ބޯޓު
ކަނޑުގެ ދިރާސާ ކުރި ބޯޓުން ފައިސާ ދައްކައިފި
ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތަކެއް ކުރުމަށް ކުރިއަށް ގެންދިޔަ ނެކްޓަން މޯލްޑިވްސް އިން ބޭނުންކުރި މައި އުޅަނދު އޮޑީސީ އަށް އެޅި ތެލަށް ދައްކަން ޖެހޭ ފައިސާ ދައްކައިފިއެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތަކެއް ކުރުމަށް ކުރިއަށް ގެންދިޔަ ނެކްޓަން މޯލްޑިވްސް އިން ބޭނުންކުރި މައި އުޅަނދު އޮޑީސީ އަށް އެޅި ތެލަށް ދައްކަން ޖެހޭ ފައިސާ މި ދެއްކީ އެ ފައިސާ ނުދައްކައިގެން އެ ބޯޓު ރާއްޖޭން ފުރުން ކޯޓުން ހުއްޓުވާފައިވަނިކޮށެވެ. އެ ބޯޓު ރާއްޖޭން ފުރުން މަނާކޮށްފައިވަނީ އާދިއްތަ ދުވަހު، ސިވިލް ކޯޓުން ނެރެފައިވާ އަމުރަކުންނެވެ. ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ނެރުއްވި އަމުރުގައި، އެ އުޅަނދު ރާއްޖޭން ފުރައިގެން ދާން އުޅެފިނަމަ އެކަން ހުއްޓުވަން ކަމާބެހޭ އެންމެހާއި އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

އަމުރު ރައްދުވާ އިދާރާތަކުގެ ގޮތުގައި އެ އަމުރުގައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީއާ، މޯލްޑިވްސް އިމިގްރޭޝަނާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި އެމްއެންޑީއެފްއެވެ. އަމުރުކޮށްފައިވަނީ މި މައްސަލަ ވަކިގޮތަކަށް ނިމެންދެން ނުވަތަ ކޯޓުން ވަކި ގޮތެއް އަންގަން ދެން އަމުރުގެ މުއްދަތު އޮންނާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައަކީ އެ އުޅަނދަށް އެޅި ތެލަށްވާ 189000 ޑޮލަރުގެ ޕޭމަންޓާ ގުޅޭ މައްސަލައެކެވެ. އެ ފައިސާ ދެއްކުމާއި އެކު މައްސަލަ ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޮޑިސީ ބޯޓުގެ ދިރާސާގައި އެ ބޯޓު ލ. އަތޮޅުގައި އޮތް އިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހްވަނީ އެ ބޯޓަށް ވަޑައިގެންފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް