ads
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު
މާލޭގެ ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރަނީ
މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާގުޅޭ ސަރވޭތައް ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީއާ ޕްލޭނިން މިނިސްޓްރީން އެއްބަސްވެއްޖެއެވެ.

ޖަޕާން އިންޓަނޭޝަނަލް އޭޖެންސީއާ ޕްލޭނިން މިނިސްޓްރީއާއެކު ވި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޕާމަނަންޓް ސެކެރަޓެރީގެ ޒިންމާތަކާ ހަވާލުވެހުންނެވި ޑިރެކްޓަރ ޖެނަރަލް އަހްމަދު ތޮލްހަތެވެ. އަދި ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީން ސޮއިކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑަރ ހިޑެއަކީ މަޓްސުމޯޓޯއެވެ.

މި އެއްބަސްވުމުގެ ދަށުން ޖައިކާގެ ހިލޭ އެހީގެ ދަށުން، މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސަރވޭތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް