ads
އިންތިހާބުގެ ކުރިން އެމްޑީޕީއަށް ތިން ގޮނޑިއެއް ޔަގީން ވެއްޖެ
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު، އިންތިހާބުގެ ކުރިން ވެރިކަން ހިންގަމުން އައި މައި ޕާޓީ، އެމްޑީޕީއަށް ތިން ގޮނޑި ޔަގީންވެއްޖެ އެވެ.

ކައުންސިލު އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ނ. ކުޑަފަރީ ކައުންސިލަށް ކުރިމަތިލާފައި ވަނީ އެރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ. 

އެގޮތުން ކައުންސިލަށް އެމްޑީޕީގެ ތިން ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ ސީދާ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ އެ ތިން ގޮނޑި މިވަނީ ކަށަވަރުވެފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 2،69562 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ 373 ޝަކުވާ ބަލާ ނިމުމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި ރަށު ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެެވެ. ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް ޖުމްލަ 923 ކައުންސިލަރުން އިންތިހާބު ކުރާއިރު ސިޓީ ކައުންސިލްތަކަށް ޖުމްލަ 46 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 929 ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް