
އެކައުންޓެންޓުގެ ފޯރަމްގެ ތެރެއިން
އެކައުންޓެންޓުންގެ ފޯރަމްގައި ބައިވެރިވާން ހުޅުވާލައިފި
އަހުމަދު ހަސަން
15 އޮކްޓޯބަރ 2022 - 15:00:04
އެކައުންޓެންޓުންގެ މަހާސިންތާ- "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް "ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފޯރަމެކެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފޯރަމެވެ.
މި ފޯރަމްގެ މަގްސަދަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް އެކައުންޓިން ޕްރޮފެޝަން ކުރިއެރުވުމުގެ މަސައްކަތް ކުރުމެވެ. މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ "އިކޮނޮމިކް ޓްރާންސްފޮމޭޝަން، ރީތިންކިން ގްރޯތު އިން ދި ނިއު އިކޮނޮމީ" ގެ ތީމްއަށެވެ. ފޯރަމް އޮންނާނީ މި މަހުގެ 29 އިން 30 އަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް