ads
2018 ވަނަ އަހަރު ޔާމީން އިހަވަންދޫގައި
ޔާމީންގެ އުތުރު ދަތުރުފުޅު: 4 އަހަރު ފަހުން އިހަވަންދޫއަށް
ރައީސް ޔާމީންގެ ކެމްޕެއިން ދަތުރުފުޅެއްގައި މިހާރު ހއ. އަތޮޅަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މިރޭ ހއ. އިހަވަންދޫގައި އޮންނާނެއެވެ.

އިހަވަންދޫގައި މިރޭ ޕީޕީއެމްގެ ކެމްޕެއިން ޖަލްސާ އޮންނައިރު، މިއީ ރައީސް ޔާމީން 2018 ވަނަ އަހަރުގެ ޖުލައި މަހު އިހަވަންދޫއަށް ވަޑައިގެންނެވި ފަހުން އެ ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

2018 ވަނަ އަހަރު ޔާމީން އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅަށް ނަޒަރެއް

2018 ވަނަ އަހަރުގެ ޖުލައި މަހު ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގެންނެވިއެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވާ ޔާމީން އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ނަރުދަމާގެ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވިއެވެ.

ޝައްކެއްވެސްނެތްގޮތުގައި، ކޮންކްރީޓުން އުފުލިގެންދާ ޢިމާރާތްތަކަކީ ތަރައްގީ. ފެނާއި ނަރުދަމާގެ ހޮޅި ވަޅުލެވޭ ތަންތަނަކީ ތަރައްގީ. އެއީ، ގޭގޭގެ ޓެޕްތައް ދޫކޮށްލީމާ ފެންއައުން. 24 ގަޑިއިރު ކަރަންޓު ލިބުމަކީ އެއީ ތަރައްގީ. ރާއްޖެއަށް ތަރައްގީ އަންނަން ރާއްޖޭގައި އެތަކެއް ޒަމާން ނަގައިފި. އެކި ބޭފުޅުން ރާއްޖެ ތަރައްގީ ކުރައްވައިފި. އެކަމަކު، ރައްޔިތުންނަށް ބޭނުންވެފައި މިހުރި އެންމެ އަސާސީ ކަންތައްތައް ތަރައްގީވެގެން މިދިޔައީ، މިހާރު މި ހިނގާ ފަސް އަހަރުކަން ތަފާސް ހިސާބުތަކާއި، ރައްޔިތުން ހެކިދޭނެ. ތަރައްގީ އަޅުގަނޑުމެން މިނާ މިންގަނޑަކީ ކޮބައިތޯ؟ ތަރައްގީ، އަޅުގަނޑުމެން މިނާ މިންގަނޑަކީ، އަޅުގަނޑުމެންގެ ޖީބުގެ ތަނަވަސްކަން އިތުރުވެގެންދާ މިންގަނޑަށް ބަލައިފި ކަމަށްވަންޏާ، މިހާރު ނެތް ތަރައްގީއެއް، މީގެ ކުރިއަކުން އައިސްފައެއް ނެތް.

އެ ދުވަހު އެ ރަށުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ވާދަވެރި މާހައުލެއްގެ ތެރެއިންވެސް ރާއްޖެއަށް ބޮޑެތި އިންވެސްޓަރުން އަންނަނީ ރާއްޖެއަކީ ވިޔަފާރިއަށް ފަހި މާހައުލެއް ހޯދައިދޭ ސިޔާސަތުތަކެއް ބައްޓަން ކުރެވިފައިވާ ގައުމަކަށް ވުމުންކަމުގައި ވިދާޅުވިއެވެ.

ޔާމީންގެ މި ދަތުރުފުޅުގައި އިހަވަންދޫ ހިމެނޭ ގޮތުން ހއ. އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަ ޖެހިފައެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް