ads
މާފަރު އެއަޕޯޓް
މާފަރު އެއަޕޯޓް ފޭސް 2 ފަށަނީ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފޭސްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައިވަނީ މިނިސްޓަރު ޝާހިދު، ޔުއޭއީއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. 

މި ބައްދަލު ކުރެއްވުމުގައި އޭޑީއެފްޑީގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާ ކުރެއްވި އެވެ.

މާފަރު އިންޓަރނޭޝަނަލް އެއަޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްވެސްވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މާފަރަށް ކުރެއްވި ދަތުރުފުޅެއްގައި. މާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، އެއަޕޯޓުގެ ޖާގަ އިތުރުކޮށް ބޮޑުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަންވޭގެ ޖާގަ އިތުރުކޮށް، ޓަމިނަލްވެސް ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓުން ފްލައިޓްތަކަށް ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއަރޕޯޓުގައި ހޮޓަލެއް ތަރައްޤީކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް