ads
ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަގައި ރައީސް ސާލިހް
ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަގައި ރައީސް ސާލިހް
"ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަ، މޯލްޑިވްސް ޗެލެންޖް 2022" ވޮލީބޯލް މުބާރާތުގެ ބައެއް މެޗުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބައްލަވައިލައްވައިފިއެވެ.

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. މީގެ އެންމެބޮޑު ބޭނުމަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެކިއެކި ފުރުޞަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވައި ފުޅާކުރުމެވެ. މިއީ އެގޮތުން ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވޭ ބައިނަލްއަގްވާމީ ފެންވަރުގެ 6 ވަނަ މުބާރާތެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެކެވެ.

މި އޮކްޓޫބަރު މަހުގެ 13 އިން 16 އަށް ސަންއައިލެންޑް ރިޒޯޓްގައި ކުރިޔަށްދާ މި މުބާރާތުގައި 28 ގައުމަކުން ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ވާދަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް