ads
އިންޑިޔާގެ މަޝްހޫރު ޓީވީ ތަރި ވައިޝަލީ ޓައްކާ
އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ވައިޝަލީ ޓައްކާ މަރުވެއްޖެ
އިންޑިޔާގެ މަޝްހޫރު ޓީވީ ތަރި ވައިޝަލީ ޓައްކާ މަރުވެއްޖެ އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" އިން ބެލުންތެރިންގެ މަގުބޫލްކަން ހޯދި ވައިޝަލީ މަރުވެފައި ހުއްޓާ ފެނުނީ އިއްޔެގެ ވަގުތެއްގައި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އޭނާ މަރުވެފައި ހުއްޓާ ފެނިފައިވަނީ، އޭނާ ދިރިއުޅެމުންދިޔަ ގޭގެ ތެރޭގައި ދަންޖެހިފައި ހުއްޓާ ކަމަށާއި، އަމިއްލައަށް މަރުވި ކަމަށް ބުނެ ލިޔުމެއް ވެސް އޭގެތެރޭގައި އޮތް ކަމަށް ރިޕޯޓް ތަކުގައި ވަނީ ބުނެފަ އެވެ. 

އެހެންނަމަވެސް އޭނާގެ މަރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށާއި، އޭނާ އަމިއްލައަށް މަރު ނުވާނެ ކަމަށް އޭނާގެ އާއިލާ އާއި ގާތް އެކުވެރިން ދަނީ ބުނަމުންނެވެ. 

މިކަމާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނީ، ވައިޝަލީގެ މަރުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް މީހުންނާއި ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ވައިޝަލީ ވަނީ މިދިޔަ އަހަރު އޭޕްރީލް މަސްތެރޭ ޑރ. އަބިދަންދް ސިންގް އާއި ކައިވެނި ކުރަން އެންގޭޖް ވެފަ އެވެ. ނަމަވެސް އެންގޭޖްމެންޓް ރޫޅާލި ކަމަށް ވައިޝަލީ ވަނީ ދާދިފަހުން ހާމަކޮށްފަ އެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް