ads
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ފުލެޓު ދޭނީ މީހަކު ފޮނުވާ ލިސްޓަކަށް ބަލައިގެނެއް ނޫން: ސަރުކާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ ފުލެޓުތައް ދިނުމުގައި އެއްވެސް މީހަކު އަދި އެއްވެސް ތާކުން ފޮނުވާ ލިސްޓަކަށް ނުބަލާނެ ކަމަށާއި، ފުލެޓު އޭގެ ހައްގުވެރިންނަށް އިންސާފުވެރި ކަމާއި އެކު ސަރުކާރުން ދޭނެ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިއުވާން ވިދާޅުވީ، ސަރުކާރުން މާލޭ ރައްޔިތުންނަށް ހުޅުވާލި ފުލެޓަށް އެދުމުގެ ފުރުސަތު ހަމަވެފައި ވާކަމަށާއި، މިހާރު ކުރިއަށް ދަނީ ފުލެޓަށް ފޯމު ހުށަހެޅު ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. 

ފުލެޓުގެ މަސައްކަތް ހެދިފައިވާ ތާވަލް ތަކާއި އެއްގޮތަށް ކުރިއަށް ގޮސް ހަމަޖެހިފައިވާ ތާރީހަށް އެތަންތަނަށް ހައްގުވެރިންނަށް ވަދެވޭނެ ކަމަށާއި، ފުލެޓުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ޕްލޭނިން މިނިސްޓްރީން ވަރަށް އަވަހަށް އަރުވާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ. 

މީގެ އިތުރުން މިއުވާން ވިދާޅުވީ، މި ފުލެޓުތަކާއި، ގޯތި ތައް އޭގެ ހައްގުވެރިންނަށް ދީ ނިމޭއިރު، އެކަމާއި ގުޅިގެން ސުވާލު ކުރާނެ ފުރުސަތު ނޯންނާނެ ކަމަށާއި، ސަބަބަކީ، އެކަން ސަރުކާރުން ކުރިއަށް ގެންދާނީ އިންސާފުވެރި ކަމާއި ހަމަހަމަ ކަމާއި އެކު ކަމަށް ވުމުން ކަމަށެވެ. 

އަދި މި ސަރުކާރުން ފުލެޓާއި ގޯތި ދޭއިރު، ވަކި މީހަކު ނުވަތަ ވަކި ތާކުން ފޮނުވާ ލިސްޓަކަށް ނުބަލާނެ ކަމަށާއި، ފްލެޓްތައް ނިމިގެން އެތަނަށް ވަންނައިރު އިތުރު ޝަކުވާއަކާއި ނުލައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަވެގެން ޕްލޭންތަކާއި އެއްގޮތަށް ކުރިއަށްދާނެ ކަމަށް މިއުވާން ވިދާޅުވި އެވެ. 

"ވަކި މީހަކު ނުވަތަ ވަކި ތަނަކުން ފޮނުވާ ލިސްޓަކަށް މި ފަހަރަކު ހަމަގައިމު ފްލެޓްތަކެއް ނުވަތަ ގޯއްޗެއް ނުދޭނެ. އެހެންވީމަ އަޅުގަނޑުމެންގެ ފްލެޓްތައް ނިމިގެން އެތަނަށް ވަންނައިރު އިތުރު ޝަކުވާއަކާއި ނުލައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުރިހަމަވެގެން ޕްލޭންތަކާއި އެއްގޮތަށް ކުރިއަށްދާނެ. އިދާރުކުރެއްވިއްޔާ އެކަން ރަނގަޅަށް ކުރިއަށްދާނެ." މިއުވާން ވިދާޅުވި އެވެ.

ފުލެޓާއި ގޯއްޗަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައި ވާއިރު، އެހާތަނަށް ޖުމްލަ 35،861 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް