
ރައީސް ސޯލިހް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓުވީޓެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ހިލޭ ޑިގްރީއާ ސްކޮލަޝިޕް ފުރުސަތުތަކާއި، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތައްފަދަ ތަންތަނަކީވެސް އެ މަގުސަދު ހާސިލުކުރުމަށް ތައާރަފުކުރެވިފައިވާ ހިދުމަތްތަކެއް ކަމަށެވެ.
އަދި ކުޅިވަރު ދަނޑުތަކުގެ އިތުރުން އެސްްއެމްްއީ ލޯނުތައް ތައާރަފްކުރެވިފައި ވަނީ ވެސް ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވިއިރު، ޒުވާނުންގެ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ ޒުވާނުނަށް އަމާޒުކޮށް 20،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު މިހާތަނަށް އުފައްދައި ދެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، 15000 ދަރިވަރުންނަަށް ހިލޭ ޑިގްރީ ޕްރިގްރާމްތައްވެސް މިހާތަނަށް ސަރުކާރުން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން، 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ފަދަ އެތަށްކަމެއް ރައީސް ސޯލިހުގެ ސަރުކާރުން ހާސިލްކޮށްދީފައިވާކަމީ ގައުމީ ޒުވަަނުންގެ ދުވަސް ފާހަގަކުރާއިރު އޮތް ހިތްހަމަޖެހުމެެއް ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.