ads
ޔުކްރެއިނުން ރަޝިޔާއަށް ދިން ހަމަލާގައި ދެމީހަކު ވަނީ މަރުވެފައި
ޔޫކްރެއިނުން ދިން ހަމަލައެއްގައި ރަޝިޔާގެ ދެމީހަކު މަރުވެއްޖެ
ޔޫކްރެއިނުން ރަCިޔާގެ އަވަށަކަށް ދިން ހަމަލައެއްގައި ދެމީހަކު މަރުވެއްޖެއެވެ.

ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އޮންނަ ބެލްގްރެޑް ސަރަހައްދުގެ އަވަށެއް ކަމަށްވާ ޝެބެކިނޯއަށް ޔޫކްރެއިނުން ދިން ހަމަލާއެއްގައި އާންމުންގެ ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ މިނިސްޓްރީ އޮފް އިމަޖެންސީ ސިޗުއޭޝަންސްގެ ޑޭޓާތަކަށް ބަލާއިރު އާންމުންގެ ދެ މީހަކު ވަނީ މަރުވެފައިވާ ކަމަށް ޓެލެގްރާމްގައި އޭނާ ލިޔުއްވާފައިވެ އެވެ. މީގެ ކުރިން ގަވަރުނަރު ވަނީ މި ހަމަލާގައި އެގާރަ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ތަހުގީގީ ކޮމިޓީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން އެކަކީ ކުޑަ ކުއްޖެކެވެ.

ފަހުން އެ ސަރަހައްދުގެ ހެލްތު މިނިސްޓަރު އަންދްރޭ އިކޮނިކޯވް ވަނީ އެ ރިޕޯޓް ސާފުކޮށް ދެއްވައި، އެ ހަމަލާ ޖުމްލަ 14 މީހަކަށް އަމާޒުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރެއިން ދެ މީހުން،  އެމްބިއުލާންސް އައުމުގެ ކުރިން މަރުވެފައިވާކަމަށާއި އެދެމީހުންގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ޔޫކްރެއިންގެ ހަމަލާތަކުގެ ސަބަބުން އެސަރަހައްދުން ކަރަންޓު ކެނޑިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ގާތްގަނޑަކަށް 15،000 މީހުންނަށް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށާއި  ކަރަންޓު އަނބުރާ ދިނުމަށް އެތައް ގަޑިއިރެއް ހޭދަވާނެ ކަމަށެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް