ads
ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީން ހުށަހެޅި 877 ފޯމް އީސީން ބަލައިގެންފި
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 877 ކެންޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އީސީއިން އެމްޑީޕީގެ 877 ކެންޑިޑޭޓުންގެ ފޯމް ބަލައިގެންފައިވާތީ، އެ ޕާޓީން އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.  

އެމްޑީޕީއިން އިންތިޚާބުގައި ވާދަކުރާނެ 877 ކެންޑިޑޭޓުން ކަށަވަރުވެފައިވާއިރު، އިންތިހާބުގެ ކުރިން އެ ޕާޓީއަށް ތިން ގޮނޑި ވަނީ ޔަގީންވެފައެވެ.

ކައުންސިލު އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ނ. ކުޑަފަރީ ކައުންސިލަށް ކުރިމަތިލާފައި ވަނީ އެރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ.

އެގޮތުން ކައުންސިލަށް އެމްޑީޕީގެ ތިން ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭ ސީދާ އަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައިވާތީ އެ ތިން ގޮނޑި މިވަނީ ކަށަވަރުވެފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 269،562 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ 373 ޝަކުވާ ބަލާ ނިމުމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަތުވެދާނެ ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ރަށު ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެެވެ. ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް ޖުމްލަ 923 ކައުންސިލަރުން އިންތިހާބު ކުރާއިރު ސިޓީ ކައުންސިލްތަކަށް ޖުމްލަ 46 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 929 ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް