ޑރ. މައުސޫމް މިހެން ވިދާޅުވީ މިއަދު ފެށުނު އެކައުންޓެންޓުންގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކައުންޓެންޓުންގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. މައުސޫމް ވިދާޅުވީ، ވިސްނަންވީ ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް ކަމަށާއި އެހެންނަމަވެސް ބައެއް ފަހަރު އެއީ އެންމެ މަގްބޫލު ގޮތަށް ނުވެދާނެ ކަމަށެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ ގައުމަށް ދިވެހިރާއްޖެ ވެއްޖެކަމަށެވެ. މުޅި ދުނިޔޭގައިވެސް މިހާރު އިންވެސްޓްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ވަކިން ހާއްސަކޮށް ފައިނޭންސް ހޯދުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.