ads
އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް އާއި އުނގޫފާރު ދާއިރާ މެމްބަރު މުހައްމަދު ވަހީދު
ވައްޑެ، ރޮޒެއިނާއަށް: އެމްޑީޕީގައި ފެކްޝަނެއް ނެތް، އޮތީ 2013ގައި ޖެހުނު މުސީބާތެއް!
އެމްޑީޕީގައި ޕީޕީއެމްގެ ފެކްޝަނެއް އުފެދިފައިވާކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދެއްކެވި ވާހަކައަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ރައްދު ދެއްވައިފި އެވެ.
Advertisement

ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމާއި، އެފެކްޝަނުން މަޖިލިސްތެރޭ ޕީޕީއެމް އާ އެކު މަސައްކަތް ކުރާކަން މީ މިހާރު ފޮރުވެން އޮތް ކަމެއްނޫން ކަމަށެވެ.

ޕީޕީއެމް މެމްބަރުންލައްވާ ސަރުކާރާ ދެކޮޅަށް އިސްލާހުތަށް ހުށައަޅުއްވަނީ ކޮންބޭފުޅެއްކަން އިއްޔެގެ މަޖިލިސް ބަލާލިމީހަކަށްވެސް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި މެމްބަރު ވައްޑެ ވިދާޅުވީ، އެމްޑީޕީތެރޭ އޮތީ ފެކްޝަނެއް ނޫން ކަމަށާއި، ކުޑަވަރެއްގެ މުސީބާތެއް ކަމަށެވެ. އެ މުސީބާތް އެމްޑީޕީ ތެރެއަށް ލައިގަތީ 2013 ރިޔާސީ އިންތިހާބު ފަހުބުރުގައި ކަމަށާއި، އޭރުވެސް ”މިޕާޓީގެ ދުވަސް ދުއްވާލާނޭ“ އެމްޑީޕީ ބައެއް މެމްބަރުން ކިޔާތީ އެހި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީތެރޭ އޮތީ 2013 ގައި ޖެހުނު މުސީބާތެއް ކަމަށް ވިދާޅުވެ، ރޮޒެއިނާއަށް ވައްޑެ ރައްދުދެއްވިއިރު، ރޮޒައިނާ ސިޔާސީ މަސައްކަތް ފެއްޓެވީ ޑީއާރުޕީން ނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ރަައީސްގެ ހާއްސަ މެންބަރެއްގެ ގޮތުގައި 2009 ވަނަ އަހަރު މަޖިލީހަށް އައްޔަން ވުމަށްފަހު، ރޮޒައިނާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ 2013 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައެވެ.

މިހާރު ރޮޒެއިނާ އަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އެވެ. އަދި އެކަމަނާ 2023 ރިޔާސީ އިންތިހާބުގައި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއިއެކު ކަމަށްވެސް ވަނީ އިއުލާންކުރައްވާފަ އެވެ. 

އެމްޑީޕީތެރެއިން، ރައީސް ނަޝީދާއި، ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ދަނީ ސާފުކޮށް ހާމަވަމުންނެވެ. ރައީސް ސޯލިހްގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑަށް ސަރުކާރުގެ ދިފާއުގައި ބަސް ބުނާ އެއް ބޭފުޅެއްގެ ގޮތުގައި ފެންނަނީ ވެސް ރޮޒެއިނާ އެވެ.

އެމްޑީޕީގެ މެނިފެސްޓޯއާއި އެއްގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުން ލަސްވަމުންދާތީ އެކަން ތަންފީޒުކުރުމަށް ގޮވާލާ ތައްޔާރު ކުރަން ފެށި ޕެޓިޝަނާއި ގުޅިގެންވެސް ވައްޑެއާއި ރޮޒެއިނާގެ ދެމެދުގައި ބަހުސްތައް މީގެ ކުރިން ހޫނުވެފައި ވެއެވެ.

ޑީއާރްޕީގައި ހުރެ އެމްޑީޕީއަށް ބަދަލުވުމާއި ގުޅިގެން އޭނާއަށް ކުރިމަތިވާ ފާޑުކިއުންތަކާއި ގުޅިގެންވަނީ ރޮޒެއިނާ މީގެ ކުރިންވެސް ވިދާޅުވެފައިވަނީ އަސްލު އެމްޑީޕީ ވާގޮތަކީ ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާއެކޭ ބުނުން ކަމަށާއި، ކިރިޔާވެސް ކަމުނުގޮސްފިއްޔާ އެއޮތީ ޑީއާރްޕީ ވެފައިކަމަށެވެ. އެކަން ރޮޒެއިނާ ސިފަކުރައްވަނީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.  

އެމްޑީޕީއަަކީ ވަކި މީހެއްގެ "ޕާސަނަލް ކްލަބެއް" ނަމަ މިހާރު މިވަގުތުވެސް ޕާޓީން ދުރަށް ދާނެ ކަމަށާއި، އެހެންނަމަވެސް އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއް ކަަން ފާހަަގަކުރަމުން، ރޮޒެއިނާ އޭރު ވެސް ވިދާޅުވީ، އެ ޕާޓީއަކީ މީހެއްގެ ނުވަތަ އާއިލާއެއްގެ ހަރު މުދާ ގަނޑެއް ނޫން ކަމަށެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް