ads
މީގެ ކުރިން ނައްތާލެވުނު އުޅަނދުތަކެއް-- ފޮޓޯ: އޭއޯ ނިއުސް
ޓޯ ކޮށްފައިވާ އުޅަނދުތަކާ ހަވާލުނުވެއްޖެ ނަމަ ނައްތާލަނީ!
ގަވާއިދާއި ހިލާފަށް މަގުމަތީގައި ޕާކުކޮށްފައި ހުރެގެން ޓޯކޮށްފައިވާ އުޅަނދުތަކެއް ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ޓޯ ކުރަން ނިންމާފައިވާ އުޅަނދުތަކަކީ ގަވާއިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައިވުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އުޅަނދުތަކެއް ކަމަށެވެ.

ނައްތާލުމުގެ މަސައްކަތް ކުރަނީ ގަވައިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 42 ސައިކަލާއި ތިން ކާރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ އުޅަނދުތައް ވެރި ފަރާތްތަކުން ނުގެންގޮސްފި ނަމަ ގާނޫނާ އެއް ގޮތަށް އެ އުޅަނދުތައް 60 ދުވަހުގެ ތެރޭގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. 

އެ އުޅަނދުތަކުގެ ތަފްސީލް ފުލުހުން ވަނީ މިހާރު އާންމުކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް